ނުނިމި ދިގުލާފައިވާ 161 ޓޫރިސްޓް މަޝްރޫއެއްގެ އެއްބަސްވުން ބާތިލުކުރަނީ

ނުނިމި ދިގުލާފައިވާ 161 ޓޫރިސްޓް މަޝްރޫއެއްގެ އެއްބަސްވުން ބާތިލުކުރަނީ

Author
އަހުމަދު
12 އޮކްޓޯބަރ 2026 12:33
0

ފަތުރުވެރިކަން ތަރައްގީކުރުމަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ ތެރެއިން 161 މަޝްރޫއެއް އަދިވެސް ނުނިމި އޮތް ކަމަށާއި، ކަނޑައެޅިފައިވާ މުއްދަތުގައި ނުނިމޭ މަޝްރޫއުތަކުގެ އެއްބަސްވުން ބާތިލުކުރުމަށް އުސޫލެއް ހަދައި ގެޒެޓްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

"އަހާ" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބައެއް ރަށްތައް ދޫކޮށް 20 އާއި 25 އަހަރު ވެފައިވާއިރު، އަނެއްބައި ތަންތަން ދޫކޮށް 10 އާއި 12 އަހަރު ވެފައިވާ ކަމަށެވެ. މިހާތަނަށް މިކަމާ ގުޅިގެން ފެންނަ ފިޔަވަޅެއް އަޅާފައި ނުވާ ކަމަށާއި، މަޝްރޫއު ނުނިމި އޮތް ބައެއް ބިންތަކުން ސަރުކާރަށް ދައްކަން ޖެހޭ 600 މިލިއަން ޑޮލަރުހާ ފައިސާ ވެސް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، މި މަޝްރޫއުތައް ހަތަރު ކެޓަގަރީއަކަށް ބަހާ، އެއްބަސްވުންތައް ބާތިލުކުރެވޭނެ ގޮތްތައް ކަނޑައަޅާފައިވާ ކަމަށާއި، ކުރިއަށް އޮތް ހަފްތާތަކުގައި އެކަމަށް އަމަލުކުރަން ފަށާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މި ރަށްތަކަކީ ރައްޔިތުންގެ ހައްގު ހިމެނޭ ތަންތަން ކަމަށާއި، މިއީ ރައްޔިތުންގެ މަސްލަހަތުގައި ނިންމި މުހިންމު ނިންމުމެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.