ޕޯޗުގަލްގެ ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަޅާފައި ހުރި 1.65 މިލިއަން އެމެރިކާ ޑޮލަރުގެ ގަޑިއަކާ ބެހޭ ވާހަކަ ސޯޝަލް މީޑިއާގައި ވަރަށް އަވަހަށް ފެތުރިއްޖެ އެވެ.
މި ގަޑި ހާއްސަކޮށް ރޮނާލްޑޯއަށް ތައްޔާރުކޮށްދީފައި ވަނީ މަޝްހޫރު ގަޑި ކުންފުނި "ޖޭކޮބް އެންޑް ކޯ" އިންނެވެ. ގަޑީގެ އެތެރޭގައި ބުގާޓީ ކާރެއްގެ އިންޖީނު ތަމްސީލުކޮށްދޭ، ހަރަކާތްތެރިވާ 16 ޕިސްޓަން ހިމެނުމަކީ މި ގަޑީގެ އެންމެ ފާހަގަކޮށްލެވޭ ސިފަ އެވެ.
ގަޑީގެ ފޮޓޯތަކާއި ވީޑިއޯތައް އާންމުވުމާއެކު ގިނަ ބަޔަކު ވަނީ މަޖާ ކޮމެންޓްތައް ކޮށްފަ އެވެ. އެގޮތުން، މިހާ އުނދަގޫ މެކޭނިޒަމެއް ހުރި ނަމަވެސް، ފުޓްބޯޅައިން ރިޓަޔާކުރަން ވަގުތު ޖެހިއްޖެކަން މި ގަޑިއަކުން ރޮނާލްޑޯއަށް ނުދައްކާނެ ކަމަށް ބުނެ ގިނަ ބަޔަކު ސަމާސާކޮށްފި އެވެ.
ރޮނާލްޑޯގެ މުއްސަނދިކަމާއި ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭ މި ގަޑިއަށް، މި ސަމާސާތަކާއެކު ލިބުނު ސަމާލުކަން ވަނީ އިތުރަށް ބޮޑުވެފަ އެވެ.
ކޮމެންޓު ފޮނުވާ