މިއަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގެ ފާމަސީއަކުން އަސާސީ ބޭސް ލިބޭނެ: ގީލާ

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގެ ފާމަސީއަކުން އަސާސީ ބޭސް ލިބޭނެ: ގީލާ

Author
އަހުމަދު
12 އޮކްޓޯބަރ 2026 12:34
0

މިއަހަރު ނިމުމުގެ ކުރިން އަތޮޅުތެރޭގެ ހުރިހާ ފާމަސީއަކުން އަސާސީ ބޭސް ލިބޭނެ ގޮތް ހަމަޖައްސަމުންދާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.

ސަރުކާރުން ބޭއްވި "އަހާ" ފޯރަމްގެ ނުވަވަނަ ބައްދަލުވުމުގައި ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ގީލާ ވިދާޅުވީ، ރަށްރަށުގެ ބޭސް ފިހާރަތަކަށް އަސާސީ ބޭހާއި ދިގު މުއްދަތަށް ބޭނުންކުރާ ބޭސް ސްޓޭޓް ފާމަ މެދުވެރިކޮށް ފޯރުކޮށްދޭން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން، ބޭސް ހޯދުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއްގެ ގޮތުން ސްޓޭޓް ފާމަސޫޓިކަލްސް އިން 1505 ގެ ނަމުގައި ހާއްސަ ހޮޓްލައިނެއް ތައާރަފްކޮށްފައިވެއެވެ. ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް 24 ގަޑިއިރު ގުޅޭނެ މި ނަންބަރުން ބޭހާ ގުޅޭ މައުލޫމާތު ސާފުކުރުމާއި، އަސާސީ ބޭހަށް އޯޑަރުކޮށް، އޯޑަރުގެ ހާލަތު ބަލާލެވޭނެއެވެ. އޯޑަރުކުރާ ބޭސް ލިބޭނީ އެ މީހަކާ އެންމެ ގާތް ފާމަސީއަކުންނެވެ.

ފުރަތަމަ މަރުހަލާގައި މި ޚިދުމަތް ދެނީ އަސާސީ ބޭހަށް ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެހެނިހެން ބޭހާއި ޚިދުމަތްތަކަށް ވެސް ފުޅާކުރާނެ ކަމަށް ސްޓޭޓް ފާމަސޫޓިކަލްސް އިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.