ހެލިކޮޕްޓަރު ޚިދުމަތަށް ބޭނުންވާ ކަންކަން ދެ ހަފުތާ ތެރޭ ނިންމަން މަސައްކަތްކުރަނީ

ހެލިކޮޕްޓަރު ޚިދުމަތަށް ބޭނުންވާ ކަންކަން ދެ ހަފުތާ ތެރޭ ނިންމަން މަސައްކަތްކުރަނީ

Author
އަހުމަދު
12 އޮކްޓޯބަރ 2026 12:36
0

 

ރާއްޖޭގައި ހެލިކޮޕްޓަރު ޚިދުމަތް ފަށާނީ އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ޔޫކޭ ސީއޭ)ގެ އެސެސްމަންޓުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް ޓުއަރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި "އަހާ ފޯރަމް"ގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ހެލިކޮޕްޓަރު ޚިދުމަތް ހުއްޓިފައި އޮންނަތާ 25 އަހަރު ވަރަކަށް ވެފައިވާތީ، މިއީ ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ. މި ޚިދުމަތަށް އޮޕަރޭޓަރުންނަށް އިތުރުން ސިވިލް އޭވިއޭޝަނާއި ސަލާމަތީ މިންގަނޑުތަކުގެ ތަޖުރިބާކާރުން ބޭނުންވާ ކަމަށާއި، ޚިދުމަތް ފެށުން ލަސްވަނީ ދާއިރާގެ ތަޖުރިބާކާރުން ނެތުމުން ކަމަށް އަމީން ވިދާޅުވިއެވެ.

ޚިދުމަތް ދިނުމަށް ކުރިމަތިލި ފަރާތްތަކާއެކު މަސައްކަތް ކުރިއަށްދާ ކަމަށާއި، ބޭނުންވާ ކަންކަން ކުރިއަށް އޮތް އެއް ނުވަތަ ދެ ހަފުތާ ތެރޭ ނިންމުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ހެލިކޮޕްޓަރު ޚިދުމަތް ފެށުމުން ފަތުރުވެރިކަމަށާއި، އެއާޕޯޓު ނެތް ރަށްރަށުން ބަލިމީހުން އުފުލުމަށް ފަސޭހަވާނެ ކަމަށް އަމީން ވިދާޅުވިއެވެ.

މި ޚިދުމަތް ފެށުމަށް މިނިސްޓަރު މީގެ ކުރިން ވެސް އެކި ތާރީޚުތައް ދެއްވި ނަމަވެސް، މިހާތަނަށް ޚިދުމަތް ފެށިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.