ސްޓެލްކޯގެ ކުރީގެ އެމްޑީ މުޢުނީ ސްޓޭޓް މިނިސްޓަރަކަށް

ސްޓެލްކޯގެ ކުރީގެ އެމްޑީ މުޢުނީ ސްޓޭޓް މިނިސްޓަރަކަށް

Author
މުޙައްމަދު ޝަޒައިމް
02 މާރޗް 2022 02:10
0

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން ވަކިކުރި ހަސަން މުޣުނީ، އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މިއަދު އައްޔަންކޮށްފިއެވެ.

ޙަސަން މުޣުނީ މީގެ ކުރިން ހުންނެވީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައެވެ. އޭނާގެ ބަދަލުގައި ސްޓެލްކޯ ހިންގަން ހަވާލުކުރެއްވީ އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަހްމަދު ޝަރީފުއާއެވެ.

ޙަސަން މުޣުނީ ވަނީ މެލޭޝިއާގެ ހެލްޕް ޔުނިވަރސިޓީން ބެޗެލަރ އޮފް ސައިންސް ހާޞިލްކުރައްވާ، އެމެރިކާގެ ބްރޭންޑައިސް އިންޓަރނޭޝަނަލް ބިޒްނަސް ސްކޫލުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައެވެ.

އޭނާ ސްޓެލްކޯގެ މަސައްކަތްތަކުން އިއްޔެ ދުރަށް ވަޑައިގަތުމަށް ފަހު، އެ ކުންފުންޏަށް ބަދަލުތަކެއް ގެންނެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ފުރުސަތަށް ޝުކުރު އަދާކުރެއްވިއެވެ.

މުޣުނީ މި ބަދަލުކުރެއްވީ ކުރިން ހުންނެވި މަގާމަށް ވުރެ ދަށް މަގާމަކަށެވެ. ބޮޑެތި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރެއްގެ މުސާރަ ލައްކައަކާ ގާތްކުރެއެވެ. އެކަމަކު ސްޓޭޓް މިނިސްޓަރެއްގެ މުސާރަ އަކީ މަހަކު 32،000ރ. އެވެ. އަދި ސްޓޭޓް މިނިސްޓަރަކަށް މަހަކު 15،000ރ. ގެ އެލަވަންސެއް ލިބިވަޑައިގަންނަވާނެއެވެ. މުޣުނީއާއެކު، އެންވަޔަރްމެންޓް މިނިސްޓްރީގައި މިހާރު ހަ ސްޓޭޓް މިނިސްޓަރުން ތިއްބަވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.