އެކްސިޑެންޓެއްގައި، ވިލިމާލޭ ޑަބްލިއުޑީސީ މެމްބަރު އީމާނަށް ސީރިއަސް އަނިޔާތަކެއްވެ ފަރުވާދެނީ

އެކްސިޑެންޓެއްގައި، ވިލިމާލޭ ޑަބްލިއުޑީސީ މެމްބަރު އީމާނަށް ސީރިއަސް އަނިޔާތަކެއްވެ ފަރުވާދެނީ

Author
މުޙައްމަދު ޝަޒައިމް
27 ފެބްރުއަރީ 2022 08:08
0

ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ވިލިމާލޭ އަންހެނުންގެ ތަރައްޤީއަށް މަސައްކުރާ ކޮމެޓީގެ މެމްބަރު އައިމިނަތު އީމާންއަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގީ ހުޅުމާލެ ކުރެނދިމާ ހިނގުމުން އީމާން ސައިކަލުގައި ދުއްވާފައި ދަނިކޮށް ވެއްޓި ގެންނެވެ. އެކްސިޑެންޓް ހިނގީ 4:25 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.

އަންހެން މީހާއަށް މިހާރު ހޮސްޕިޓަލްގައި ފަރުވާ ދެމުންދާއިރު އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ހޭވެސް ނެތެވެ. އޭނާގެ ބޮލުން ގިނަ އަދަދަކަށް ލޭ ފައިބާފައި ހުރި މަންޒަރުވެސް ފެނެއެވެ. އޭނާއަށް އަށް ފުރަތަމަ ފަރުވާ ދީފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ. ނަމަވެސް ހާލަތު ސީރިއަސް ވެގެން މިހާރުވަނީ އޭޑީކޭއަށް ބަދަލު ކޮށްފައެވެ.

މަންޒަރު ދުށް މީހުން ބުނީ އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި އަންނަނިކޮށް ބަންޕަރެއް މައްޗަށް އެރިތަނާ ކަހާލައިގެން ކަމަށެވެ.

މިހާދިސާއާއި ގުޅިގެން ފުލުހުން ދަނީ ބަލަންޖެހޭ ކަންކަން ބަލަމުންނެވެ. އަދި މާލެ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ގިނަ މެމްބަރުންތަކެއްވެސް ތިބީ ހޮސްޕިޓަލުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.