ރަޝިއާއިން ޔޫކުރެއިންއާއި ދެކޮޅަށް ދެމުންދާ އުދުވާނީ ހަމަލާތަކާއި ގުޅިގެން ޔޫރަޕުން އެގައުމާ ދެކޮޅަށް އިގްތިސާދީގޮތުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ޚިލާފްވެގެން، ރަޝިއާގެ ކާރގޯ އުފުލާ އާގު ބޯޓެއް އިންގްލިޝް ޗެނަލް ހުރަސް ކުރަނިކޮށް ފްރާންސްގެ އޮތޯރިޓީތަކުން ހިފަހައްޓައިފިއެވެ.
ފްރެންޗް ޗެނަލް ޕްރިފެކްޗަރއގެ ތަރުޖަމާން ސީސީއެންއެންއަށް މައުލޫމާތު ދީފައި ވާގޮތުގައި ރަޝިއާގެ ދިދަ ޖަހާފައިވާ "ބޯލްޓިކް ލީޑަރ" ނަމަކަށް މި އާގުބޯޓަކީ ކާރުތައް ބަރާކޮށްގެން ދަތުރު ކުރަމުންދިޔަ ކާގޯ ބޯޓެއް ކަމުގައެވެ.
އަދި އިންގިލިޝްއިން ޗެނަލްއިން މި ބޯޓު ހިފަހައްޓާ ފްރާންސްގެ ބޮލޯންގގެ ޕޯޓަށް މިހާރު ގެންދަމުން ދާކަމުގައިވެސް ތަރުޖަމާން ވިދާޅުވެފައި ވެއެވެ.
ފްރާންސްގެ ކަސްޓަމް އޮފިޝަލުން މައުލޫމާތު ދީފައިވާ ގޮތުގައި މި އާގު ބޯޓު އިންސްޕެކްޓްކުރުމުގެ މަސައްކަތް މިހާރުދަނީ ކުރިޔަށެވެ. އޮތޯރިޓީތަކުން ތުހުމަތު ކުރާ ގޮތުގައި މި ބޯޓަކީ، ރަޝިއާއިން ޔޫކުރެއިންއަށް އެރުމާއި ގުޅިގެން ޔޫރަޕްގެ އިންތިހާދުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ކުންޏަކަށް ނިސްބަތްވާ ބޯޓެކެވެ. އަދި ފްރާންސްގެ ކަސްޓަމުން މިހާރުވަނީ މިބޯޓާއި ގުޅޭ ޚާއްސަ ތަހުގީގެއް ލޯންޗު ކޮށްފައެވެ.
ޔޫރަޕިއަން ޔޫނިއަންއިން ރަޝިއާއާއި ދެކޮޅަށް އަޅާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކުން ރަޝިއާގެ އިގްތިސާދު ފުނޑު ފުނޑު ކޮށްލާނެކަމަށް ވިދާޅުވެ، ރަޝިއާއި ދެކޮޅަށް އަޅާނޭ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އޮނިގަޑު ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރުސުލާ ވިން ޑަރ ލެޔެން ވަނީ މީގެ ދެދުވަސްކުރިން ހާމަ ކުރައްވާފައެވެ.
ބްރަސަލްސްގައި ވާހަކަ ދައްކަވަމުން، ރަޝިއާއި ދެކޮޅަށް އަޅަން ނިންމާފައިވާ ކަމަށް، ޔޫރަޕިއަން ކޮމިޝަންގެ ރައީސް އިއުލާން ކުރައްވާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އިޔޫގައި ހުރި ރަޝިއާގެ އެސެޓްތައް ފްރީޒް ކުރުމާއި، އަދި އޭގެ އިތުރުން ރަޝިއާގެ ބޭންކުތަކަށް ޔޫރަޕިއަން ފައިނޭންޝަލް މާރކެޓްތަކަށް ވަނުމުގެ ފުރުސަތު ބަންދުކުރުން ހިމެނެއެވެ.
ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވިދާޅުވި ގޮތުގައި މިގޮތުން އަޅާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، ޔޫކުރެއިންގެ އިގްތިސާދުގެ ކެޕިޓަލް އައުޓުފްލޯ އިންތިހާއަށް މަތިވެ، އޭގެ ނަތީޖާއެއްގެ ގޮތުން އިންފްލޭޝަން މަތިވެ، އަދި އެންމެފަހުން ރަޝިއާގެ އިންޑަސްޓްރީތައް އެކީ ހަލާކުވެގެން ދާނެކަމަށެވެ.
އަދި މީގެ އިތުރުން، ދުނިޔޭގެ ބޮޑެތި ހައިޓެކް ކުންފުނިތަކުން ރަޝިއާއި މުޢާމަލާތު ކުރުމަށް ދަތިކޮށް، ކަޓިން-އެޖް ސޮފްޓެވެއަރތަކަށް ބޭނުންވާ ހައި-ޓެލް ކޮމްޕޯނެންޓްތައް ރަޝިއާއަށް ލިބުން ދަތިކުރާނެ ކަމަށްވެސް ޔޫރަޕިއަން ޔޫނިއަންއިންވަނީ ހާމަ ކޮށްފައެވެ.
ކޮމެންޓު ފޮނުވާ