ބޭރުގެ މިލިޓަރީއަށް މަރުހަބާ ކިޔާނަމަ، ވާނެގޮތް ޔޫކްރޭނުން އެދަނީ ފެންނަމުން: ޒައިދު

ބޭރުގެ މިލިޓަރީއަށް މަރުހަބާ ކިޔާނަމަ، ވާނެގޮތް ޔޫކްރޭނުން އެދަނީ ފެންނަމުން: ޒައިދު

ބޭރުގެ މިލިޓަރީއަށް ރާއްޖެއިން މަރުހަބާ ކިޔާނަމަ، ރާއްޖެވެސް ދުނިޔޭގެ އެހެން ޤައުމުތަކަށް މިއަދު ވަމުންދާ ގޮތް ވެދާނެކަމުގެ ބިރު އޮތްކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚު ޒައިދު މިހެން ވިދާޅުވީ މިޒަމަނަކީ ބޭރުގެ ބާރުތަކުން ކަނޑި ބަޑީގައި ހަނގުރާމަކޮށް ޤައުމުތައް ހިފާ ޒަމާނެއް ނޫންކަމަށް ވިދާޅުވެ ދައްކަވަމުންދާ ވާހަކަތާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ޒައިދު ވިދާޅުވީ މިފަހުގެ ތާރީހުގައި ދުނިޔޭގެ އެންމެ ބޮޑު ބާރު އެމެރިކާއިން މުސްލިމު ބޮޑެތި ޤައުމުތައް ފުޑާލާފައިވަނީ ބާރާއި، ހަތިޔާރާއިއެކު އެޤައުމުތަކަށް އަރައި ކުިރ ހަނގުރާމަ ތަކުންކަމަށެވެ.

މިއަދު ޔޫކްރެއިންގައި ހިންގަމުންދާ ހަނގުރާމައަކީވެސް އެމެރިކާއާއިހެދި ހިނގާ ހަނގުރާމައެއްކަން ފާހަގަކޮށް، ޒައިދު ވަނީ އަސްކަރީ ބާރުތަކަށް ޖާގަދީފިނަމަ އެޤައުމަކަށް އޮތް ނުރައްކާ މިއަދު ޔުކްރައިނުން ފެންނަމުންދާކަމަށެވެ. މިއީ ރާއްޖެއިން ވަރަށް ބޮޑަށް އިބްރަތް ހާސިލް ކުރަންވީ ކަމެއްކަން ހަނދާކޮށް ދެއްވައި ޒައިދުވަނީ އަސްކަރީ ބާރުތަކަށް ރާއްޖޭގެ ފަސްގަނޑު ޖާގަ ނުދިނުމަށް ގޮވާލާފައެވެ.

މިޒަމާނު ޤައުމު ތަކުން މިލިޓަރީ ގޮތުން އެއް ޤައުމު އަނެއް ޤައުމަށް ނާރާނެ ކަމަށް ބުނަމުން ދަނިކޮށް އެމެރިކާއިން އިރާޤާއި އެހެން އިސްލާމީ ޤައުމުތައް ފުނޑާލީ! އަދި މިއަދު އެމެރިކާއާއި ހެދި ޔޫކްރައިގެންވެސް އެހާލުގައި ޖެހިފައި އެވަނީ! ރާއްޖެވެސް އެހާލުގައި ޖެހިދާނެ ބޭރުގެ މިލިޓަރީއަށް މަރުހަބާ ކިޔަންޏާ.

– ޒައިދު ވިދާޅުވިއެވެ.

ރަޝިއާއިން ޔޫކުރެއިންއަށް އަސްކަރީ ހަމަލާ ދޭން ފެށުމާއިއެކު، ޔޫކުރެއިންގެ ރައީސް ޒެލެންސްކީވަނީ އެގައުމުން ރަޝިއާއެކު ގާއިމް ކޮށްފައިވާ ސިޔާސީ ގުޅުން ކަޑާލިކަން އިއުލާން ކުރައްވާފައެވެ. އަދި އޭނާވަނީ، ރަޝިއާގެ އުދުވާންއާއި ދެކޮޅަށް މުޒާހިރާ ކުރުމަށްވެސް ރަޝިއާގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

ރަޝިޔާއިން ޔޫކްރައިންއަށް މެދު ނުކެނޑި ހަމަލާތައް ބަދަލު ކުރަމުންދާއިރު، ރާއްޖޭގެ ބައެއް ކިޔަވާ ކުދިންވެސް ރާއްޖެ ނާދެވި ޔޫކްރައިންގައި ވަނީ ތާށިވެފައެވެ. ސަރުކާރުން ބުނަމުންދަނީ އެކުދިން ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

4 Responses

Leave a Reply

Your email address will not be published. Required fields are marked *