އުސޫލާއި ހަމަ ހިފަހައްޓަން ވަކާލާތުކުރާނެ ވެރިއަކަށް އެމްޑީޕީއަށް މުހިންމީ އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ރިޔާސަތަށް ގެނައުންކަމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
އަންނަ އޭޕްރީލް މަހު ބާއްވާ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގެ ވާދަވެރިކަން ބޮޑެވެ. ޗެއަރޕާސަންކަމަށް ވާދަކުރައްވަނީ އެމްޑީޕީގެ ސްޕޯކްސްޕާސަން އަދި ޟާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލެވެ.
ފައްޔާޟަށް ތާޢީދުކުރައްވާކަން ހާމަކުރައްވާ މެންބަރު އިސްމާޢީލް ވިދާޅުވީ، ދާއިރާތައް ވަރުގަދަކޮށް ޕާޓީގެ ޙަރަކާތްތައް ރަށްރަށުގައި ހިންގުމަށް ޕާޓީއަށް ދައުލަތުން ދޭ ފައިސާ ޕާޓީގެ ދާއިރާތަކަށް ދިނުން މުހިންމުކަމަށެވެ. އެއީ ކުރިން ޕާޓިން ނިންމި ނިންމުމެއްނަމަވެސް ކުލަ ނުޖެހޭ އެފަދަ ކަންކަން އެެބަހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
މެންބަރު އިސްމާޢީލް ވިދާޅުވީ، ޕާޓިގެ ގުނަންތަކުން ނިންމާ ނިންމުންތަށް ތަންފީޒުކުރުމަށް، އުސޫލާއި ހަމަ ހިފަހައްޓަން ވަކާލާތުކުރާނެ ވެރިން އެޕާޓީގެ ރިޔާސަތަށް މުހިއްމުކަމަށެވެ. އެއީ ފައްޔާޟް ކަމަށްވެސް ވިދާޅުވިއެވެ.
ދާއިރާތައް ވަރުގަދަކޮށް ޕާޓީގެ ޙަރަކާތްތައް ރަށްރަށުގައި ހިންގުމަށް ނިންމި މިބާވަތުގެ???? ކިތައްމެ ނިންމުމެއްވަނީ ކުލަ ނުޖެހި????♂️
ގުނަންތަކުން ނިންމާ ނިންމުންތަށް ތަންފީޒުކުރުމަށް، އުސޫލާއި ހަމަ ހިފަހައްޓަން ވަކާލާތުކުރާނެ ވެރިން މިޕާޓީގެ ރިޔާސަތަށް މުހިއްމު!#ފައްޔާޟްފައްކާވާނެ✅ pic.twitter.com/XYo5XXnoEC
— Ismail Ahmed (@N4Isse11) February 22, 2022
ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބާ ދިމާކޮށް ޕާޓީގެ އެންމެ އިސް ލީޑަރ ރައީސް ސާލިހާއި ޕާޓީގެ ރައީސް، ރައީސް ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކުން ގެންދަވަނީ ބަހުގެ ހަމަލާތައް ރައްދުކުރައްވަމުންނެވެ.
ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަކީ ރައީސް ސާލިހު އެންމެ އިތުބާރު ކުރައްވާ އެއް ވަޒީރެވެ. ފައްޔާޒުއާއި ވާދަ ކުރާ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއަކީ ފެށުނީއްސުރެ އެމްޑީޕީގެ ރައީސް، ރައީސް ނަޝީދުގެ އެންމެ އަރިސް އެ މެމްބަރެވެ.
އެހެންކަމަށް ވުމުން ޗެއަރޕާސަންގެ އިންތިހާބަކީ އެމްޑީޕީގެ އެތެރޭގައި ޕާޓީގެ އެންމެ އިސް ލީޑަރ ރައީސް ސާލިހާއި ޕާޓީގެ ރައީސް، ރައީސް ނަޝީދުގެ ތާޢީދު އޮތް މިންވަރު ވަޒަންކޮށްލެވޭނެ އިންތިހާބެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.
ކޮމެންޓު ފޮނުވާ