ބަނގުރާ ވިއްކި އިންޑިއާ ރައްޔިތުގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި

ބަނގުރާ ވިއްކި އިންޑިއާ ރައްޔިތުގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި

Author
އަހުމަދު
27 ޖުލައި 2026 07:21
0

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކަމުންދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާ ރައްޔިތެއްގެ ބަންދުގެ މުއްދަތު އިތުރު 15 ދުވަހަށް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްދީފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 26 އަހަރުގެ ޖިނޭޝް ކުމާރު މުރްގެސަން އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 23 ވަނަ ދުވަހު ކައުންޓަރު ނާކޮޓިކްސް އިންޓެލިޖެންސާއި ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.

ފުލުހުން ބުނާގޮތުގައި ހުޅުމާލޭ ފޭސް އެކެއްގެ ދިއްގާމަގުން އޭނާ ހުއްޓުވައި ބަލައިފާސްކުރި ވަގުތު ބަނގުރާ ކަމަށް ޝައްކުކުރެވޭ 18 ފުޅި ފެނިފައިވެއެވެ. އޭގެ ފަހުން އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރި އިރު އިތުރު 53 ފުޅި ފެނިފައިވާއިރު، ޖުމުލަ 71 ފުޅި ބަނގުރާ އޭނާގެ އަތުން އަތުލައިގަނެވުނުކަމަށް ފުލުހުން ބުނެއެވެ.

ޖިނޭޝް ފުރަތަމަ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އޭނާ ބަންދުކޮށްފައިވަނީ ތިން ދުވަހަށެވެ. އެ މުއްދަތު ހަމަވުމުން މިއަދު އަލުން ހާޒިރުކުރުމުން ބަންދަށް އިތުރު 15 ދުވަސް ޖެހީއެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުން މިހާރުވެސް ދަނީ ކުރިއަށް ގެންދަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.