އަނދުން ހުސައިންގެ ތާއީދު ފައްޔާޒަށް: މަސައްކަތް ކުރާނީ ރައްޔިތުން ހޮވި ސަރުކާރާ އެކު

އަނދުން ހުސައިންގެ ތާއީދު ފައްޔާޒަށް: މަސައްކަތް ކުރާނީ ރައްޔިތުން ހޮވި ސަރުކާރާ އެކު

Author
ޢަލީ އާދަމް
19 ފެބްރުއަރީ 2022 11:54
0

މަސައްކަތް ކުރައްވާނީ ރައްޔިތުން ހޮވި ސަރުކާރާ އެކު ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އަށް ތާޢީދު ކުރައްވާނެކަން ރައްޔިތުނަގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ( އަނދުން ހުސައިން) ވިދާޅުވެއްޖެއެވެ.

އަނދުން ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފައްޔާޒަށް ތާޢީދު ކުރައްވަން ނިންމެވީ، ދާއިރާގެ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ހޯދައި ދިނުމާއި ވިޔަފާރި ލޯނާއި ރައްޔިތުން ބޭނިނުންވާ ތަރައްގީ ހޯދައި ދިނުމަށް ސަރުކާރާއެކު މަސައްކަތް ކުރުމަށް ކަމަށެވެ.

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ފޯރި ގަދަވެފައިވާ ދަނޑިވަޅެއްގައި އިއްޔެ ބޭއްވި އެ ޕާޓީގެ ޕީޖީ ގުރޫޕުގެ އިންތިހާބުވެސް ކާމިޔާބުކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ތާޢީދުކުރާ މެމްބަރުންނެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަކީ ރައީސް ސާލިހު އެންމެ އިތުބާރު ކުރައްވާ ވަޒީރެވެ. ފައްޔާޒުއާއި ވާދަ ކުރާ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއަކީ ފެށުނީއްސުރެ އެމްޑީޕީގެ ރައީސް، ރައީސް ނަޝީދުގެ އެންމެ އަރިސް އެ މެމްބަރެވެ.

އެހެންކަމަށް ވުމުން ޗެއަރޕާސަންގެ އިންތިހާބަކީ އެމްޑީޕީގެ އެތެރޭގައި ޕާޓީގެ އެންމެ އިސް ލީޑަރ ރައީސް ސާލިހާއި ޕާޓީގެ ރައީސް، ރައީސް ނަޝީދުގެ ތާޢީދު އޮތް މިންވަރު ވަޒަންކޮށްލެވޭނެ އިންތިހާބެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.