ސަނާ ޚާން ކްލޯތިން ބްރޭންޑެއް ލޯންޗްކޮށްފި

ސަނާ ޚާން ކްލޯތިން ބްރޭންޑެއް ލޯންޗްކޮށްފި

Author
ފާތިމަތު ނާވީ
19 ފެބްރުއަރީ 2022 07:34
0

ކުރީގެ ބަތަލާ ސަނާ ޚާން އަަމިއްލަ ކްލޯތިންގް ބްރޭންޑެއް އިއުލާން ކޮށްފިއެވެ.

"ހަޔާ ބައި ސަނާ ޚާން" ގެ ނަމުގައި އޭނާވަނީ އަމިއްލަ ބްރޭންޑެއް ތަޢާރަފްކޮށްފައެވެ.

ސޯޝަލް މީޑިއާގައި ސަނާ ވަނީ އޭނާ ގެ ފުރަތަމަ އައުޓްލެޓް ހުޅުވުމުގެ ރައްމިއްޔާތު ހިއްސާކޮށްފައެވެ. ސޫރަތު ގައި "ހަޔާ ބައި ސަނާ ޙާން" ހުޅުވިއިރު ސޯޝަލް މީޑިއާގައި އޭނާ ވަނީ ރިބަން ކެނޑުމުގެ ރަސްމިއްޔާތު ހިއްސާކޮށްފައެވެ.

 

View this post on Instagram

 

A post shared by Saiyad Sana Khan (@sanakhaan21)

އަބާޔާ ފަދަ މުސްލިމުންގެ ހެދުން ލިބެން ހުންނަ މި އައުޓްލެޓް ހުޅުވުމުގެ ކުރިން އޭނާ ވަނީ ހަލާލް މޭކަޕްވެސް ޕްރޮމޯޓް ކޮށްފައެވެ.

ސަނާ ޚާން ވިޔަފާރީގެ ދުނިއެއަށް ވަނުމަށް މަގުކޮށަމުން އަންނަ އިރު އޭނާގެ މޭކަޕް ލައިންއެއްވެސް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މުފްތީ އަނަސް ސައްޔިއު އާއި ކައިވެނި ކުރުމަށް ފަހު ސަނާ ވަނީ ފިލްމީ ދާއިރާ ދޫކޮށްލާފައެވެ. އަދި ބުރުގާ އަޅާ ނިވާވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.