ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުއްލަތީފް އަހްމަދު (އުދަރެސް ލަތީފް) މަގާމުން ވަކިކޮށްފި އެވެ.
މަގާމުން ވަކިކުރި ކަން ލަތީފް ވަނީ މީޑިއާއަށް ކަށަވަރުކޮށްދެއްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ސިޔާސީ މަގާމުތައް މަދުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން މަގާމުން ވަކިކުރި ކަން ރައީސް އޮފީހުން ވަނީ އަންގާފަ އެވެ.
ފ. ނިލަންދޫއަށް އުފަން ލަތީފް މި ސަރުކާރުގައި އެންމެ ފުރަތަމަ އައްޔަންކުރެއްވީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށެވެ. ފަހުން ޔޫތު މިނިސްޓްރީއާއި ސްޕޯޓްސް މިނިސްޓްރީ އެއްކޮށްލުމާ ގުޅިގެން، އޭނާ ބަދަލުކުރެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމުގައި ލަތީފް ވަނީ ބުރަ މަސައްކަތްތަކެއް ކުރައްވާފަ އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކްލެމެންސީ ބޯޑުގެ މެންބަރު ކަންވެސް ކުރެއްވި އެވެ.
ކޮމެންޓު ފޮނުވާ