ސްޓޭޓް ފާމާއިން ބަންގްލަދޭޝްގެ އެޗްޕީއެލްއާއެކު ބޭސް ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ސްޓޭޓް ފާމާއިން ބަންގްލަދޭޝްގެ އެޗްޕީއެލްއާއެކު ބޭސް ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

Author
އަހުމަދު
12 އޮގަސްޓް 2026 06:42
0

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފެންވަރު ރަނގަޅު ބޭސް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގެ ގޮތުން، ބަންގްލަދޭޝްގެ މަޝްހޫރު ފާމަސިއުޓިކަލް ކުންފުނި އެޗްޕީއެލްއާއެކު ސްޓޭޓް ފާމާއިން ޑިސްޓްރިބިއުޝަން އެގްރީމަންޓެއްގައި މިއަދު ސޮއިކޮށްފިއެވެ.

ސްޓޭޓް ފާމާއިން ބުނީ، މި އެއްބަސްވުމަކީ ރާއްޖެއަށް ބޭނުންވާ އަސާސީ އަދި ފެންވަރު ރަނގަޅު ބޭސް މެދުކެނޑުމެއްނެތި ލިބޭނެ މަގު ފަހިކުރުމަށާއި، ބޭހުގެ ސަޕްލައި ޗެއިން އިތުރަށް ހަރުދަނާ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މީގެ ސަބަބުން އެ ކުންފުނީގެ ބައިނަލްއަގުވާމީ ސަޕްލަޔަރުންގެ ވިއުގަ އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް ބުނެފައި ވެއެވެ.

އެޗްޕީއެލްއަކީ ބައިނަލްއަގުވާމީ ބާޒާރުގައި ބޮޑު އިތުބާރެއް ހޯދާފައިވާ ކުންފުންޏަކަށްވެފައި، މިހާރުވެސް އެ ކުންފުނީގެ އުފެއްދުންތައް ޔޫރަޕް، އޭޝިއާ، އެފްރިކާ އަދި އެމެރިކާ ހިމެނޭހެން 32 އަށް ވުރެ ގިނަ ގައުމަށް އެކްސްޕޯޓް ކުރަމުންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.