ކޮންމެ ޒުވާނަކަށްވެސް ހަމަހަމަ ފުރުސަތު ލިބޭ ރާއްޖެއެއް ބިނާކުރަންޖެހޭ: މެޑަމް ސާޖިދާ

ކޮންމެ ޒުވާނަކަށްވެސް ހަމަހަމަ ފުރުސަތު ލިބޭ ރާއްޖެއެއް ބިނާކުރަންޖެހޭ: މެޑަމް ސާޖިދާ

Author
އަހުމަދު
12 އޮގަސްޓް 2026 06:44
0

ކޮންމެ ރަށަކުން، ކޮންމެ ހާލަތަކުން އައި ޒުވާނެއް ކަމުގައިވިޔަސް، އެ ޒުވާނާގެ ގާބިލިއްޔަތު ހާސިލުކުރުމަށް ފުރުސަތުތައް ހަނިވެގެން ނުވާނެ ކަމަށާއި، ހުރިހާ ޒުވާނުންނަށްވެސް ހަމަހަމަ ފުރުސަތުތައް ފަހިވާ ދިވެހިރާއްޖެއެއް ބިނާކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެޑަމް ސާޖިދާ ވިދާޅުވީ، ކޮންމެ ޒުވާނެއްގެ ހުވަފެންތަކަކީވެސް އަގުހުރި ހުވަފެންތަކެއް ކަމަށާއި، ވަކި ތަނަކަށް ނުވަތަ ވަކި ހާލަތަކަށް ނިސްބަތްވާތީ އެ ފުރުސަތުތައް ހަނިވެގެން ނުވާނެ ކަމަށެވެ.

ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒުވެސް ވަނީ ޒުވާނުންނަށް ތަހުނިޔާ ފޮނުއްވައި، ދިވެހި ޒުވާނުންނަކީ ގައުމުގެ އެންމެ ބޮޑު ބާރު ކަމަށާއި، ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 45 އިންސައްތައަކީ ޒުވާނުން ކަމުން، ގައުމުގެ ކުރިމަގު ބިނާވެފައި އޮތީ ޒުވާނުންގެ އުއްމީދުތަކުގެ މައްޗަށް ކަމަށް ވިދާޅުވެފައެވެ. އަދި ޒުވާނުންނަށް މަތީ ތައުލީމާއި، ހުނަރު ތަރައްގީކުރުމުގެ ފުރުސަތާއި، މާނަހުރި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.