2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރުމަށް އަދާލަތު ޕާޓީން ނިންމައިފިއެވެ.
މި ނިންމުން ނިންމީ ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކުރި ގަރާރަކުންނެވެ. އެ ގަރާރުގައިވާ ގޮތުން، ރައީސް މުއިއްޒުގެ ސަރުކާރުގެ ބާކީ އޮތް މުއްދަތުގައިވެސް އަދާލަތު ޕާޓީން ޕީއެންސީއާއި ކޯލިޝަން ހަދާ، ސަރުކާރަށް އެއްބާރުލުން ދެމުން ގެންދާނެއެވެ.
އަދާލަތު ޕާޓީން ބުނީ، ދީނީ ކަންކަމާއި ގައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމުގައި މިހާރުގެ ސަރުކާރުން ކުރި މަސައްކަތަށް ބަލައި މި ނިންމުން އެޕާޓީން ނިންމީ ކަމުގައެވެ.
ގަރާރުގައިވާ ގޮތުން، މި ނިންމުމާ ގުޅިގެން ޕީއެންސީއާ އެކު ކުރިއަށް ގެންދަންޖެހޭ މަސައްކަތްތައް ޕާޓީގެ އަސާސީ ގަވާއިދުގެ 46.3 ވަނަ މާއްދާގެ ދަށުން ބަލަހައްޓާނީ ޕާޓީގެ ރައީސެވެ.
ކޮމެންޓު ފޮނުވާ