ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް، ށ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް)އިން ހުދު ސަމާލު ނެރެފިއެވެ.
މި ސަމާލަކީ މިއަދު ހެނދުނު 04:30 އިން ފެށިގެން 10:30 އާ ހަމައަށް ނެރެފައިވާ ސަމާލެކެވެ. މެޓް އޮފީހުން ބުނީ މި ވަގުތުތަކުގައި އެ ސަރަހައްދުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ.
މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
މޫސުން ގޯސްވާ ވަގުތުތަކުގައި ކަނޑު ދަތުރުތަކާއި ބޭރު މަސައްކަތްތަކުގައި ސަމާލުވުމަށް ރަސްމީ ފަރާތްތަކުން އެދެއެވެ.
ކޮމެންޓު ފޮނުވާ