ދެ ކޯޓެއްގެ ހަ ފަނޑިޔާރުން މާދަމާ ހުވާކުރައްވަނީ

ދެ ކޯޓެއްގެ ހަ ފަނޑިޔާރުން މާދަމާ ހުވާކުރައްވަނީ

Author
އަހުމަދު
12 އޮގަސްޓް 2026 06:39
0

ކްރިމިނަލް ކޯޓަށާއި ސިވިލް ކޯޓަށް އަލަށް އައްޔަނުކުރި ހަ ފަނޑިޔާރުން މާދަމާ ސުޕްރީމް ކޯޓުގައި ހުވާކުރައްވާނެއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނާ ގޮތުގައި، ފަނޑިޔާރުން ހުވާކުރެއްވުމާއި ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހެނދުނު 9:30ގައި ސުޕްރީމް ކޯޓުގައެވެ. ދެ ކޯޓަށް ޖުމްލަ ހަ ފަނޑިޔާރުން ހޯދުމަށް ޖޭއެސްސީން މީގެ ކުރިން ވަނީ އިއުލާންކޮށްފައެވެ.

ސިވިލް ކޯޓަށް އައްޔަނުކުރައްވަނީ ރ. ހުޅުދުއްފާރު/ރޯޒްވިލާ، އާސިޔާ އަޒީމާ އާއި ގއ. ކަނޑުހުޅުދޫ/ރީލް މަންޒިލް، މުހައްމަދު ނިޝާތުގެ އިތުރުން، އެންވަޔަރަމަންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާގިބެވެ.

ކްރިމިނަލް ކޯޓަށް އައްޔަނުކުރައްވަނީ ހއ. ދިއްދޫ/ޑޭޒީމާގޭ، އަހުމަދު ތައުފީގު އާއި ތ. ވޭމަންޑޫ/ޑްރީމް، މުހައްމަދު އަބްދުالله އަދި ޅ. ކުރެންދޫ/ނޫރާނީގެ، ސުލައިމާން މުހައްމަދެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.