2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މުޅި ދުނިއަށް ފެތުރުނު ބަލިމަޑުކަމެއް ކަމުގައިވާ ކޯވިޑް-19 އަށް 78 ފަހަރު މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
ތުރުކީގެ އުމުރުން 56 އަހަރުގެ މުޒައްފަރު ކަޔަސަން އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޯވިޑް ޖެހުނު އެތައް މިލިއަން މީހުންނެއްގެ ތެރެއިން ވެސް މުޅިންތަފާތު މީހަކަށް ވީ އޭނާ ކޯވިޑް ބަލީގައި ހޭދަކޮށްފައިވާ މުއްދަތުގެ ސަބަބުންނެވެ.
މީޑިއާ ރިޕޯޓްތައަ ބުނާގޮތުގައި މުޒައްފަރު މި ބަލީގައި 400 އަށްވުރެ ގިނަ ދުވަސް ވަނީ ހޭދަކޮށްފައެވެ. އޭނާ ވެފައިވަނީ މުޅި ދުނިޔެއިން ވެސް އެންމެ ގިނަ ފަހަރު މި ބައްޔަށް ޕޮޒިޓިވްވީ މީހާއަށެވެ.
14 މަސް ދުވަހުގެ ތެރޭގައި އޭނާއަށް 78 ފަހަރު ކޯވިޑް ޖެހުނުއިރު، 9 މަސް ދުވަސް ހޭދަ ކޮށްފައިވަނީ ހޮސްޕިޓަލުގައެވެ. އަދި ފަސް މަސް ހޭދަކޮށްފައިވަނީ ގޭގައެވެ. އަދި ކޯވިޑަށް ޕޮޒިޓިވްވާވަރު ގިނަކަމުން އޭނާ ހުރީ ހަދާނެ ގޮތް ހުސްވެފައިކަމަށްވެސް ޚަބަރުތައް ބުނެއެވެ. ސަބަބަކީ ކޮންމެ ފަހަރަކު ޕޮޒިޓިވް ވުމުން އެތައް ދުވަހެއް ކަރަންޓީނުގައި ހުންނަން ޖެހޭތީއެވެ.
މުޒައްފަރަކީ ލުކީމިއާއަށް ފަރުވާ ހޯދަމުން އަންނަ މީހެކެވެ. ޑޮކްޓަރުން ބުނާގޮތުގައި އެހާގިނައިން އޭނާ ޕޮޒިޓްވީ ސަބަބަކީ ދިފާއީ ނިޒާމް ބަލިކަށިވުމެވެ. ކޮންމެއަކަސް ކޯވިޑް ބަލި އެވަރަށް ޖެހުމުގެ ސަބަބުން އޭނާ އަށްވަރަށް ވަނީ ގިނަ ތަކުލީފުތަކެއް ކުރިމަތިވެފައެވެ. އެންމެެބޮޑު އުނދަގުލަކަށް ވެފައިވަނީ އާއިލާ އާއި ބައްދަލު ނުކުރެވުމެވެ.
ތުރުކީގެ ސަރުކާރުން އެކުލަވާލާފައިވާ އުސޫލުގައި ބުނާގޮތުން އެގައުމުގައި ކޯވިޑް ޖެހޭ މީހުން 7 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭނެއެވެ.