ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާދަ ދުއްވާލަން ދިން ހަމަލާ ބެލުމަށް ކުރެވިދިޔަ މަސައްކަތަށް ހުރަސްއެޅި ބަޔަކަށް "ހިންގާލެވޭނެ" އިތުރު ކަމެއް ނެތްކަމަށް އެމްޑީޕީގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.
ރައީސް މުހައްމަދު ނަޝީދަށް މިދިޔަ އަހަރުގެ މޭމަހުގެ 6 ވަނަ ދުވަހުގެރޭ ދިން ޓެރަރިސްޓް ހަމަލާއަށް ފަރުވާ ހޯއްދެވުމަށްފަހު އެބުރި ރާއްޖެ ވަޑައިގެންފައިަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު 11 ވަނަ ދުވަހުއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއަށްފަހު މަޖިލީހުންވެސް ވަނީ ހަމަލާގެ ކަންކަން ހިނގައިދިޔަ ގޮތުގެ އިންކުއެރީއެއް ހަދާފައެވެ. މި އިންކުއަރީގައި ފާހަގަކޮށްފައިވާ ގިނަ ކަންތައްތަކެއް ސަރުކާރުން ދަނީ ތަންފީޒު ކުރަމުންނެވެ. އެގޮތުން ދައުލަތުގެ ވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަޖިލިސް ރައީސްއަށް ޚާއްސަ ގެކޮޅުވެސް ވަނީ ހަމަޖައްސާފައެވެ.
އެމްޑީޕީގެ ވާދަވެރި އިންތިޚާބު ތަކުގައި ކެނޑިޑޭޓުން ކުރަމުންދާ ކެމްޕެއިންތަކުގައި ބޭނުން ކުރަމުންދާ ސްލީގަންތަކުގެ ތެރެއިން ރައީސް ޞާލިހަށް ތާއީދު ކުރައްވާ ކެނޑިޑޭޓުން ގެންގުޅެމުންދާ "ހިންގާލަން" ކެމްޕެއިނަށް ފާޑުވިދާޅުވެ، ވައްޑެ ވިދާޅުވީ، ރައީސް ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ދިން ހަމަލާއާއި ގުޅިގެން އެމްޑީޕީން ބޭއްވި ޤައުމީ މަޖިލިސްގެ ކޯރަމް ފެއިލްކޮށްލުމަށް ހިންގާލި މީހުންނަށް ދެން ހިންގާލެވޭނެ އިތުރު ކަމެއް ނެތްކަމަށެވެ.
ބޮމެއް ގޮއްވާލައިގެން ރައީސްނަޝީދުގެ ފުރާނަ ދުއްވާލާވަރު ކޮށްލީމާ އެކަމާ ކަންބޮޑުވެގެން ބޭއްވި އެމްޑީޕީ ޤައުމީ މަޖިލިސް ޖަލްސާތަކުގެ ކޯރަމް ހަމަވިޔަނުދީ ޖަލްސާތައް ފެއިލްކޮށްލުމަށް ވަރަށް ހިންގާލާފައި ބަޔަކު އުޅުން. އެ ‘ހިންގާލުންގަނޑެއް’ އެމްޑީޕީ މެމްބަރުން ބޭނުމެއްނުވޭ.
– ވައްޑެ ވިދާޅުވިއެވެ.
ކޯރަމް ހަމަނުވެގެން އެމްޑީޕީގެ ޤައުމީ މަޖިލިސް މިރޭ ނުބޭއްވުނު
އެމްޑީޕީގެ އިންތިޚާބު ތަކުގެ ތެރެއިން ވާދަވެރިކަން ބޮޑުވެފައިވާ އެއް އިންތިޚާބަކީ ޗެއާޕާސަންގެ އިންތިޚާބެވެ. މިއިންތިޚާބުގައި މިނިސްޓަރ ފައްޔާޒު ވާދަކުރައްވާއިރު، ރައީސް ނަޝީދަށް ވަފާތެރި އިންތިވެސް މިމަޤާމަށް ވާދަކުރައްވައެވެ. މިއިންތިޚާބުގައި މަޖިލީހުގައި ހިމެނޭ މެމްބަރުންގެ ތެރެއިން ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން މިހާރުވެސް ގެންދަވަނީ މިނިސްޓަރ ފައްޔާޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
One Response
ނަޝީދު ފުރާނަ ދުަްވާލާކަށް ބަޔަކު ކަމެއް ނުކުރެ. އެއީ ނަޝީދު ބޮޑު ސެކިއުރިޓީއާ މޮޓޮކޭޑް ބޭނުންވެގެން ވައްޑެމެން ކަހަލަ ހައްދު ފަހަނައެޅި މީހުންކުރި ކަމެއް…