ހިޖާބަކީ މުސްލިމު އަންހެން ކަބަނލުންގެ ހައްޤެއް، ހުރަހެއް ނޭޅޭނެ: ޒައިދު

ހިޖާބަކީ މުސްލިމު އަންހެން ކަބަނލުންގެ ހައްޤެއް، ހުރަހެއް ނޭޅޭނެ: ޒައިދު

Author
މުޙައްމަދު ޝަޒައިމް
14 ފެބްރުއަރީ 2022 07:12
0

ހިޖާބަކީ މުސްލިމު އަންހެން ކަބަނލުންގެ ހައްޤެއް ކަމަށާއި، ހިޖާބު އެޅުމާއި ދެކޮޅަށް އެއްވެސް ބަޔަކަށް ހުރަސް ނޭޅޭނެކަމުގައި ދީނީ ޢިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އިންޑިޔާގެ ދެކުނުގައި އޮންނަ ކަރްނާޓަކާގެ ބައެއް މަދަރުސާތަކަށް ހިޖާބުއެޅި ދަރިވަރުން ވައްދަން ދެކޮޅު ހެދުމުން އުފެދިފައިވާ ނުތަނަވަސްކަމާއި ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން އެ ސުޓޭޓުގެ ހުރިހާ މަދަރުސާއެއް ވަނީ ބަންދުކޮށްފައެވެ. މިއާއިއެކު އެތައް ދަރިވަރުންގެ ތައުލީމަށްވަނީ ހުރަސް އެޅިފައެވެ.

ހިޖާބު އެޅުމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާއި ދެކޮޅަށް އަޑު އުފުލައި، ދީނީ އިލްމުވެރިޔާ ޝައިޚު ޒައިދު ވިދާޅުވީ، ހިޖާބަކީ މުސްލިމު ކަނބަލުންގެ ހައްޤެއްކަމަށެވެ. އެހައްޤަކީ އެންމެ އަސާސީ ހައްޤަކަށްވާއިރު އެކަން ނިގުޅައި ގަތުމުގެ އިޚްތިޔާރެއް އެއްވެސް ބަޔަކަށް ލިބިގެން ނުވާކަމަށެވެ. އެކަން ކުރަމުންދަނީ ވަރަށް ފިޑި އަދި ގޮތެއް ނެތް ބައެއްކަމަށް ޒައިދު ވަނީ ސިފަ ކުރައްވާފައެވެ.

ހިޖާބަކީ މުސްލިމު އަންހެން ކަބަނލުންގެ ހައްޤެއް! އަދި އިސްލާމީ ޝިއާރެއް! ހިޖާބާއި ތައުލީމަށް ހުރަސް އަޅާނީ ވަރަށް ވިޔާނުދާ ވަރަށް ފިޑި ވިޔާނުދާ ވީމާ! އަސާސީ ހައްގުން މުސްލިމުން މަހުރޫމް ކުރަމުން ދަނީ! މިއީ ކަނޑައެޅިގެން ހައްދު ފަހަނަ އެޅުމުގެ އަމަލެއް! ކޮންމެ ބަޔަކު ކުރިޔަސް.

– ޝައިޚު އަލީ ޒައިދު ވިދާޅުވިއެވެ.

ޝައިޚު ޒައިދު ވިދާޅުވީ، މާތް ރަސްކަލާންގެ އިސްލާމީ ޝިއާރުތަކާއި، އިސްލާމްދީން ދިފާއު ކުރައްވާނެކަމަށެވެ. ކާފިރުން މުސްލިމުންގެ އިސްލާމީ ހުޅުކޮޅު ނިއްވާލުމަށް ކުރަމުންދާ މަސައްކަތަކީ ކާމިޔާބުވާނެ މަސައްކަތެއް ނޫންކަމަށާއި، އެކަން މާތް ރަސްކަލާންގެ ދިފާއުކޮށް، މިދީން ހިމާޔަތް ކުރައްވާނެކަމަށެވެ.

މުސްލިމުންނާ ޢަދާވާތްލައި، މުސްލިމުންގެ ޝިޢާރުތަކަށް ހުރަސްއަޅާ ކާފިރުތަކުންގެ ނުބައި ނުލަފާކަމާއެވެ! އެބައިމީހުން ބޭނުންވަނީ އެމީހުންގެ ދޫތަކުން ފުމެ އިސްލާމީ ހުޅުކޮޅު ނިއްވާލުމަށެވެ! ހަމަ ހިލާ އެހެންނެއް ނުވާނެއެވެ! މާތް ރަސްކަލާންގެ މި ދީން ޙިމާޔަތްކުރައްވާނެއެވެ!

– ޝައިޚު ޒައިދު ވިދާޅުވިއެވެ.

ހިޖާބުއެޅި ދަރިވަރުންނާމެދު ތަފާތުކުރުން ގެންގުޅޭކަމަށް ބުނެ ކަރްނާޓަކާގައި ނުތަނަވަސްކަން އުފެދުނީ އެ ސުޓޭޓުގެ އުޑޫޕީގެ ގިނަ މަދަރުސާތަކުން ހިޖާބުއެޅި ދަރިވަރުން ވައްދަން ދެކޮޅުހެދުމުންނެވެ. އެ މަދަރުސާތަކުން ބުނެފައިވަނީ ހިޖާބުއެޅި ދަރިވަރުން ވައްދަން ނިންމީ އެ ސުޓޭޓުގެ ސަރަޙައްދީ ސަރުކާރުގެ ތަޢުލީމާބެހޭ ވުޒާރާގެ ނިންމުމަކާ އެއްގޮތަށްކަމަށެވެ. އެއާއެކު ހިޖާބުއެޅި ދަރިވަރުންނާއި އެ ކުދިންގެ ބެލެނިވެރިން ކުރަމުންދާ މުޒާހަރާތައްވަނީ މީސްމީޑިޔާގެ އެކި ވަޞީލަތްތަކަށާއި ބައިނަލްއަޤްވާމީ ނޫސްތަކުގެ ސަމާލުކަމަށް އައިސްފައެވެ.

61 މިލިޔަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކަރްނާޓަކާގެ %12 މީހުންނަކީ މުސްލިމުންނެވެ. ކަރްނާޓަކާގެ މަދަރުސާތަކާއި ތަޢުލީމު އުނގަންނާދޭ މަރުކަޒުތަކަށް ހިޖާބުއަޅައިގެން ނުވަދެވޭނެކަމަށް ނިންމުމުން އެ ސުޓޭޓުގެ ވެރިރަށް ބެންގަލޫރުގައި ހުންނަ ސަރަޙައްދީ ހައި ކޯޓަށް ހިޖާބުއެޅި ދަރިވަރަކު ހުށަހެޅި މައްސަލައެއްވަނީ ބަލައިގަނެފައެވެ. ނަމަވެސް އެ މައްސަލާގައި ޙުކުމު އިއްވާނެ ތާރީޚެއް އަދި ނޭނގެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.