އިޓަލީގެ 70 އަހަރުގެ އަންހެނަކު، އޭނާ މަރުވިގޮތަށް ދެ އަހަރުވަންދެން ގޮޑިއެއްގައި އިށީދެ އިންދާ ފެނިއްޖެއެވެ.
މަރިނެއްލާ ބެރެއްޓާ ނަމަކަށް މި އަންހެން މީހާއަކީ އިޓަލީގެ ލޮމްބާޑީގެ ލޭކް ކޮމޯ ކައިރީގައި ގިނިކަންޏާ ދިރިއުޅެމުންދިޔަ އަންހެނެކެވެ. އޭނޭގެ ކުނިވެފައިވާ ހަށިގަޑު ފެނިފައިވަނީ މި ހަފްތާގެ ހުކުރު ދުވަހު، އޭނާ ދިރިއުޅެމުންދިޔަ ގޭގެ ޕާކުތެރޭގައި ގަސްތައް ބޯވެ، ޕާކުގައި ހުރި ގަހެއް، ވެއްޓިގެން ކޮމޯގެ ފަޔަރ ބްރިގޭޑުން ގޮސް ބެލި ބެލުމުގައެވެ.
ކޮމޯ ސިޓީ ހޯލްގެ ޕްރެސް އޮފިސަރ ފްރާންސެސްކާ މެންފްރެޑީ ސީއެންއެންއަށް މައުލުމާތު ދީފައި ވާގޮތުގައި ބެރެއްޓާގެ ހަށިގަޑު ފެނިފައިވަނީ އޭނާ ދިރިއުޅެމުންދިޔަ ގޭގެ ސިޓީން ރޫމުގައި ހުރި ގޮނޑިއެއްގައި އިންދައެވެ.
މެންފްރެޑީ ސީއެންއެންއަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވަގޮތުގައި ބެރެއްޓާ މަރުވެފައިވާ ސަބަބެއް އަދި މިހާތަނަށް ހޯދިފައެއް ނުވެއެވެ. އަދި އޭނާގެ ހަށިގަޑު ބެލި ބެލުމުން، ހަށިގަޑު ކުނިވެފައިވާ ނިސްބަތަށް ބަލާ، އޭނާ މަރުވެފައި ވަނީ 2019ވަނަ އަހަރު ފަހުކޮޅުކަމަށް މިހާރު ބެލެވިފައިވާ ކަމުގައެވެ.
މެންފްރެޑީ ވިދާޅުވެފައިވާ ގޮތުގައި އޭނާގެ ހަށިގަޑާ ހަވާލުވުމަށް އަދި މިހާތަނަށް އާއިލާގެ އެއްވެސް މީހަކު އައިސްފައެއް ނުވެއެވެ. އަދި އޭނާގެ އާއިލާގެ އެއްވެސް މީހަކު ދުނިޔޭގަ ހުރިތޯ ބެލުމުގެ މަސައްކަތް ފުލުހުން މިހާރުދަނީ ކުރިޔަށް ގެންދަމުންނެވެ. ބެރެއްޓާގެ ހަށިގަޑު މިހާރު މޯޗަރީއަށް ލާފައި ވާއިރު، އޭނާގެ ޖަނާޒާ ބާއްވާނެ ދުވަހެއްވެސް އަދި ނިންމާފައެއް ނުވެއެވެ.
އިޓަލީގެ ކޮމޯގެ މޭޔަރ މާރިއޯ ލަންޑރިސިނާ މިހާރުވަނީ ބެރެއްޓާގެ ޖަނާޒާއަށް އެ ސިޓީގެ ރައްޔިތުންނަށް ދައުވަތު ދީފައެވެ. އަދި އޭނަ ވިދާޅުވި ގޮތުގައި ބެރެއްޓާގެ ޖަނާޒާގެ ހުރިހާކަމެއް ހަމަޖައްސާނީ ލޯކަލް ގަވަރމަންޓުގެ ފަރާތުންނެވެ.
މޭޔަރު ވިދާޅުވެފައިވާ ގޮތުގައި، ބެރެއްޓާއަކީ ލޯކަލް ގަވަރމަންޓުން އެހީތެރި ވެދޭންޖެހޭ މީހުންގެ ލިސްޓުގައިވާ މީހެއް ނޫނެވެ.
ކޮމެންޓު ފޮނުވާ