"ގޫމަރ"ގެ ޝޫޓިންގ އަބީޝެކް ފަށައިފި

"ގޫމަރ"ގެ ޝޫޓިންގ އަބީޝެކް ފަށައިފި

46 ވަނަ އުފަންދުވަހުގަައި އަބީޝެކް ބައްޗަން އޭނާގެ ކުރިއަށް އޮތް ފިލްމު "ގޫމަރ"ގެ ޝޫޓިން ފަށައިފިއެވެ.

އާރް ބާލްކީ ޑައިރެކްޓްކުރާ މި ފިލްމުގެ ޝޫޓިންގ ހޮނިހިރު ދުވަހު ފެށިކަން އަބީޝެކް ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނާ ހިއްސާކޮށްފައެވެ.

"ގޫމަރ"ގެ ނަން ފިޔަވައި އިތުރު ތަފްސީލެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އަދި މުހިންމު ބައިތަކުން ފެންނާނެ އެހެން ތަރިންވެސް ހާމަކޮށްފައެއް ނުވެއެވެ.

މީގެ ކުރިންވެސް އަބީޝެކް ވަނީ އާރް ބާލްކީ އާއެކު މަސައްކަތް ކޮށްފައެވެ. އެއީ 2009 ވަނަ އަހަރުގެ ސުޕަރހިޓް ފިލްމު "ޕާ" އެވެ. މި ފިލްމުން އަބިޝޭކްގެ ބައްޕަ އަމީތާބް ވެސް ފެނިގެން ދިޔައެވެ. އަދި މުހިންމު ރޯލަކުން ވިދްޔާ ބާލަން ވެސް އަދާކުރިއެވެ.

އެންމެ ފަހުން އަބިޝޭކް ފެނިގެން ގޮސްފައިވަނީ ޝާހްރުކް ޚާންގެ ފިލްްމު ކުންފުނި ރެޑް ޗިލީގެ "ބޮބް ބިސްވާސް" އިންނެވެ. މި ފިލްމު ޕްރިމިއާ ކުރީ ޒީ5 އިންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *