ބަރުލަމާނީއަށް ބަދަލުކޮށްގެން ނޫނީ ދެން އެމްޑީޕީއަށް ވެރިކަމެއް ނުލިބޭނެ: ނަޝީދު

ބަރުލަމާނީއަށް ބަދަލުކޮށްގެން ނޫނީ ދެން އެމްޑީޕީއަށް ވެރިކަމެއް ނުލިބޭނެ: ނަޝީދު

Author
މުޙައްމަދު ޖިމީ
06 ފެބްރުއަރީ 2022 09:49
0

ރާއްޖޭގެ ވެރިކަމިުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކޮށްގެން މެނުވީ ދެން އެމްޑީޕީއަށް ވެރިކަން ނުލިބޭނެކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި މެސެޖުގައި ރައީސް ނަޝީދު ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ އިންތިޚާބު އެޕާޓީއަށް ކާމިޔާބު ކުރެވުނުނަމަވެސް އިންތިޚާބުގެ 50 އިންސައްތަ ހުރަކުރެވިފައިނުވާކަމަށެވެ. ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމްގައި އިންތިޚާބު ކާމިޔާބުކުރަން 50 އިންސައްތަ ހޯދަން ނުޖެހޭނެކަމަށާއި، ބަރުލަމާނީ ނިޒާމަށް ބަދަލުކޮށްގެން މެނުވީ އެމްޑީޕީއަށް ދެން ވެރިކަން ނުލިބޭނެކަމަށެވެ.

ޝުކުރިއްޔާ! އެކަމަކު 50 ޕަސެންޓު ހުރަސް ނުކުރި، ބަރުލަމާނީއަށް ބަދަލު ނުވެއްޖެނަމަ އަޅުގަނޑުމެންނަށް ވެރިކަމުގައި ނުތިބޭނެ..

– ރައީސް ނަޝީދު ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި މެސެޖުގައިވެއެވެ.

ރައީސް ނަޝީދު އަބަދުވެސް ގެންދަވަނީ ނަރުލަމާނީ ނިޒާމަށް ތަޢީދުކޮށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ގޮވާލައްވަމުންނެވެ.

ނިމިދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެއްވެސް ބަޔަކަށް އިންތިޚާބުގެ 50 އިންސައްތަ ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ނަތީޖާއިން ދައްކާ ގޮތުގައި، އެމްޑީޕީގެ ކެނޑިޑޭޓު މުހައްމަދު ރާޝިދަށް ލިބިފައިވަނީ، ޖުމްލަ 1401 ވޯޓެވެ. މިއީ މި އިންތިޚާބުގައި ވޯޓު ލީ މީހުންގެ %49 އެވެ. ރާޝިދުއާއި އެންމެ ގާތުން ވާދަކުރި ޕީޕީއެމްގެ ކެނޑިޑޭޓް މުސާ ފަތުހީ އާދަމަށް ލިބިފައިވަނީ ޖުމްލަ 1161 ވޯޓެވެ. މިއީ މި އިންތިޚާބުގައި ވޯޓު ލީ މީހުންގެ %40 އެވެ. އެމްއެންޕީގެ ފަރާތުން މި އިންތިޚާބުގައި ވާދަކުރިން އަބުދުލް ހަންނާނު އިދުރީސަށް ލިބިފައިވަނީ 323 ވޯޓެވެ. މިއީ ވޯޓު ލި މީހުންގެ %11 އެވެ.

ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރެވޭނީ އާންމު ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރިޔަށް ގެންދަވަނީ، ރައީސް ސާލިހުއާއި މަޝްވަރާ ކުރައްވައިގެން، އެމަނިކްފާނުގެ މަޝްވަރާގެމަތިން ކަމުގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނައިފަރު ސިޔާސީ ދުރުވިސްނާމީހާ
ބަރުލަމާނީ ނިޒާމަކީ އޭގެޒާތުގައި ގޯސްނިޒާމަކަށް ނުވިޔަސް ދިވެހިރާއްޖޭގެ ކަންތަށްތަށް ތަރުތީބުވެގެން އައިސްފައިވާގޮތަށް ބަލާއިރު މިރާއްޖޭގެ ވެރިކަންހިންގުމުގެނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްފިނަމަ މިހާރަށްވުރެވެސް ބޮޑަށް ރައްޔިތުންނިކަމެތިވެ ބިކަވެ އެންމެއަސާސީ ކަންތަކަށްވެސް ސަލާންޖެހުމަށް އިތުރަށް މަގުފަހިވުން އެއީ ނުވެނުދާނެކަންތަށް.ވަރަށްއާދޭހާއެކު އެދެން ބަރުލަމާނީއާ ދިމާއަށް މިރާއްޖެފުރޮޅާލައްވަންތިއުޅުއްވާ އުޅުއްވުން ހުއްޓާލައްވާ އަދި މިރާއްޖޭގެ ވެރިކަމާދިމާއަށް މަނިކްފާނު ތިޔަމުޑިނަންގަވާ ނެންގެވުންވެސް ހުއްޓާލައްވާށޭ.މިރާއްޖެހަލާކުގެ މަގައްއެއްލާނުލައްވާށޭ.
ޅ ޅ ނައިފަރުން ރައީސްނަޝީދަށް ހެޔޮއެދޭމީހާ.
ރައީސްނަޝީދަށް އިހުތިރާމާއެކު ދަންނަވާލަންއޮތީ މަނިކްފާނުމިއަދުތިހުންނެވީ ސިޔާސީގޮތުން މަނިކްފާނަށް ވަޑައިގަނެވޭނެ އެންމެއުހަށް ވަޑައިގަނެވިފައޭ.ދެންއިތުރަށް ވަޑައިގަންނަވަން އުޅުއްވާފިނަމަ ތިރިއަށް ސޮއްސާލާނެ ސޮއްސާލުމަށްފަހު ދެންކުރިންހުންނެވި ހިސާބަކަށްވެސް ވާސިލެއް ނުވެވޭނެއޭ.މިއިބާރާތަކީ އިހުތިރާމާއެކު މަނިކްފާނަށް ފޮނުވާނަސޭހަތުގެ ބަސްކޮޅެއްކަމަށް ގަބޫލުކުރައްވާ މިރާއްޖޭގެ ސިސާސީމައިދާނުގައިދެން މަނިކުފާނު އިތުރަށްކުރިޔަށްވަޑައިގަތުން ނިމުމަކަށް ގެންނަވާ.މިހާރުތިޔައަދާކުރައްވާ މަގާމުތަކުގެ ގާނޫނީ މުހުލަތުހަމަވުމުން ސިޔާސީމަގާމުތަކާ ފެޔަށްޖެހިވަޑާގަންނަވާށޭ.ގަބޫލުކުރައްވާ.