ދުނިޔޭގެ އެންމެ އަގުބޮޑު އަދި އެންމެ އަހަވަށް ޚިދުމަތް ފޯރުކޮށްދޭ އެމްބިއުލާސް ދުބާއީ އެކްސްޕޯގައި ތައާރަފް ކޮށްފި

ދުނިޔޭގެ އެންމެ އަގުބޮޑު އަދި އެންމެ އަހަވަށް ޚިދުމަތް ފޯރުކޮށްދޭ އެމްބިއުލާސް ދުބާއީ އެކްސްޕޯގައި ތައާރަފް ކޮށްފި

Author
ހުސެއިން
29 ޖެނުއަރީ 2022 06:27
0

ދުބާއީ ގައި މިހާރު ކުރިޔަށްދާ އެކްސްޕޯ 2020ގައި، ދުނިޔޭގެ އެންމެ އަވަހަށް ޚިދުމަތް ފޯރުކޮށްދޭ އަދި އެންމެ އަގު ބޮޑު އެމްބިއުލާންސް ތައާރަފް ކޮށްފިއެވެ.

'ހައިޕަރ ސްޕޯޓު ރެސްޕޮންޑަރ’ގެ ނަން ދެވިފައިވާ މި އެމްބިއުލާންސަކީ ދުބާއީގައި ގާއިމް ކޮށްފައިވާ ޑަބްލިއު މޯޓޯރސްގެ އުފެއްދުމެކެވެ. މި ކުންފުނި މަޝްހޫރު ވެފައިވަނީ 'ލިކަން ހައިޕަރ ސްޕޯޓްސް’ގެ ނަމުގައި މި ކުންފުނިން އުފައްދާފައިވާ ކާރުންނެވެ. މިއީ ދުނިޔޭގައި މިހާތަނަށް އުފައްދާފައިވާ މިފެންވަރު ހަމަ އެކަނި ކާރެވެ. މި ކާރުގެ ހެޑް ލައިޓުގައި 440 ޑައިމަންޑް އެއް ލައިނެއްގައި ހަރު ކޮށްފައި ހުރެއެވެ. މި ކުންފުނިން އުފައްދާފައިވަނީ މި މޮޑެލް އެންމެ 7 ކާރެވެ.

'ލިކަން ހައިޕަރ ސްޕޯޓްސް' ކާރު މަޝްހޫރުވެ ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވަނީ، މި ކާރު، ހޮލީވުޑްގެ ބޮލޮކްބަސްޓަރ މޫވީގެ ފާސްޓް އެންޑް ފިއުރިއަސް 7 އިން ފެނުނު ހިސާބުންނެވެ.

ދުބާއީގެ އެކްސްޕޯ 2020ގައި ތައާރަފްކޮށްފައިވާ 'ހައިޕަރ ސްޕޯޓް ރެސްޕޮންޑަރ' އެމްބިއުލާންސްގެ އަގަކީ 3.5 މިލިއަން އެމެރިކާ ޑޮލަރެވެ. އަދި މިކާރަށް، ގަޑިއަކު 100 ކިލޯ މީޓަރުގެ ބާރުމިނަށް އެންމެ 2.8 ސިކުންތުގެ ތެރޭގައި އެކްސެލެރޭޓް ވުމުގެ ގާބިލްކަން ލިބިފައި ވެއެވެ. އަދި ގަޑިއަކު 400 ކިލޯ މީޓަރު ބާރު މިނުގައި ދަތުރުކުރުމުގެ ގާބިލްކަންވެސް މިކާރަށް ލިބފައި ވެއެވެ.

ހައިޕަރ ސްޕޯޓް ރެސްޕޮންޑަރ އެމްބިއުލާސް: ހެޑްލައިޓުގައި 440 ޑައިމަންޑް ހަރު ކުރެވިފައިވޭ

މިކާރުގެ ހެޑް ލައިޓުގައި އެއް ލައިނަކަށް 440 ޑައިމަންޑް ހަރު ކުރެވިފައި ވާއިރު، ކާރުގެ ފުރާޅުގެ އެތެރެވަނީ ރަން ޕްލޭޓުން ޖަރީ ކުރެވިފައެވެ. އަދި އެތެރޭގެ ގޮނޑިތަކުގައާއި އެނޫން ތަންތަނުގައި ވަނީ ރަނުން ފަހާފައިވާ ލެދަރ ހަރުކޮށްފައެވެ.

"މިކާރުގެ ސްޕީޑުންނާއި އަދި ލިބިފައިވާ އެހެނިހެން ގާބިލިއްޔަތު ކަމުން، އެމަޖެންސީގެ ހާލަތުގައި ވަގުތުން ވަގުތަށް ޚިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބިގެން ދާނެ،" ދުބާއީ ކޯޕަރޭޝަން ފޯރ އެމްބިއުލާންސް ސާވިސަސް (DCAS)ގެ ސީއީއޯ ޚަލިފާ ބިން ދައްރާއީ ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.