ޢަލީ ޒައިދު ޤާސިމަށް: އަމިއްލަ މަޞްލަޙަތު އިސްކުރުމީ ހަލާކުގެ ފެށުން!

ޢަލީ ޒައިދު ޤާސިމަށް: އަމިއްލަ މަޞްލަޙަތު އިސްކުރުމީ ހަލާކުގެ ފެށުން!

Author
މުޙައްމަދު ޖިމީ
27 ޖެނުއަރީ 2022 10:13
0

އަމިއްލަ މަޞްލަޙަތު އިސްކުރުމީ ހަލާކުގެ ފެށުންކަމަށް ވިދާޅުވެ ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު ނުސީދާކޮށް ޖުމްހޫރީ ޕާޓިގެ ލީޑަރު ޤާސިމް އިބްރާހީމަށް ފާޑުވިދާޅުވެއްޖެއެވެ.

ޒައިދާއި އެނޫންވެސް ބައެއް ދީނީ ޢިލްމުވެރިންގެ ފާޑުކިޔުން ޤާސިމަށް އަމާޒުކުރައްވާފައިމިވަނީ ކޮމަންޑޫ ދާއިރާގެ އިންތިޚާބާ ދިމާކޮށް އެމްޑީޕީގެ ކެނޑިޑޭޓަށް ވޯޓް ހޯދައިދިނުމަށް އެދާއިރާއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ. އެގޮތުން ޤާސިމް ވަނީ ކޮމަންޑޫ ދާއިރާއަށް މޮޅެއް އޮތީ އެމްޑީޕީގެ ކެންޑިޑޭޓް ހޮވައިގެން ކަމަށާއި، ރައީސް ހިތުގައި ޖައްސައިގެން ލިބޭނެ މޮޅެއް ނެތްކަމަށް ވިދާޅުވެފައެވެ.

ޤާސިމްގެ ވާހަކަފުޅުތަކަށް ރައްދުދެއްވާ ފާޑުވިދާޅުވަމުން ޝައިޚް ޒައިދު ވިދާޅުވީ، ތަރައްޤީ ހޯދޭނީ ވަކި ޝަޚުސެއްގެ ލޯބި ހޯދައި އަޅުދާސްތުވެގެންކަމަށް ވިސްނައިދޭން ސިޔަަސީ ޕާޓީއެއްގެ ފަރާތުން ދައްކާ ތާކުންތާކު ނުޖެހޭ ޒިންމާދާރުކަމެއް ނެތް ވާހަކަތަކާއިމެދު ދިވެއްސެއްގެ ޙައިސިއްޔަތުން ލަދުގަންނަކަމަށެވެ.

އަމިއްލަ މަޞްލަޙަތު އިސްކުރުމީ ހަލާކުގެ ފެށުމެވެ!

– ޝައިޚް ޢަލީ ޒައިދު ވިދާޅުވިއެވެ.

ކޯވިޑްގެ ހާލަތު އެންމެ ގޯސް ދުވަސްވަރުގައިވެސް ކޮމަންޑޫދާއިރާއަށް ކުރިމަތިލާފައިވާ އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް ޤާސިމް ކުރައްވަމުންދާ ދަތުރުފުޅިގެ ތެރެއިން މަރޮށި ރައްޔިތުންނާއި ބައްދަލު ކުރައްވައި ޤާސިމް ވިދާޅުވީ، އެމްޑީޕީގެ ކެނޑިޑޭޓަށް ވޯޓު ދޭންޖެހޭ އެންމެ ބޮޑު ސަބަބީ މިސަރުކާރަކީ އެމްޑީޕީ ހިމެނޭހެން ކޯލިޝަން ސަރުކާރަކަށް ވުމުންނެވެ.

ކޮމަންޑޫދާއިރާގެ ތަރައްޤީއާއި، ކުރިއެރުން ލިބޭނީ ސަރުކާރާއި، ޚުދު ރައީސުލްޖުމްހޫރިއްޔާގެވެސް ލޯބި ލިބިގެން ކަމަށްވާއިރު، މިފަހަރުގެ އިންތިޚާބުގައި ކޮމަންޑޫ ރައްޔިތުންނަށް އެމްޑީޕީ ކެނޑިޑޭޓް ނޫން ގޮތެއް ނެތްކަމަށެވެ. އެއީ ކޮމަންޑޫ ދާއިރާއަށް ކުރިމަތިލާފައިވަނީ ތިމާގެ މަންމަ ނުވަތަ ބައްޕައަށް ވީނަމަވެސް ދާއިރާގެ ތަރައްޤީއަށްޓަކައި ވޯޓު ދޭންވީ އެމްޑީޕީގެ ކެނޑިޑޭޓަށް ކަމުގައި ޤާސިމް ވިދާޅުވިއެވެ.

މަންމަ ކުރިމަތިލިޔަސް ބައްޕަ ކުރިމަތިލިޔަސް ދާއިރާގެ ތަރައްގީއަށް އޮތް ގޮތަކީ އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓުދޭށޭ.

– ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ މިއިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ނުވެއްޖެނަމަ، ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ލީޑަރުންވެސް ލަދު ގަންނަންޖެހޭނެ ކަމަށެވެ. ކޯވިޑްގެ މިހާ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައިވެސް ކޮމަންޑު ދާއިރާގެ ކެމްޕެއިނަށް ވަޑައިަތީ މިސަބަބުތަކަށް ޓަކައި ކަމަށާއި، މިއިންތިޚާބަކީ ސަރުކާރަށްވެސް މުހިންމު އިންތިޚާބެއްކަމަށެވެ.

ނަމަވެސް ޤާސިމް ވިދާޅުވީ އެމްޑީޕީން މިގޮޑި ނެގުމަށް ބޭނުންވަނީ އެއްވެސް ގޮތަކަށް ގޮޑި މަދުވެގެން ނޫންކަމަށެވެ. މިހާރުވެސް މަޖިލީހުގައި 64 ގޮޑި އޮތްއިރު އިތުރު ގޮޑިއެއް ހޯދުމަކީ މާމުހިންމު ކަމެއް ނޫންކަމަށެވެ. ނަމަވެސް މުހިންމުވަނީ ކޮމަންޑު ދާއިރާއަށް ކަމަށާއި، ކޮމަންޑޫ ދާއިރާގެ ތަރައްޤީ އޮތީ އެމްޑީޕީ ކެނޑިޑޭޓަށް ވޯޓު ލިބިގެންކަމަށް ޤާސިމް ވިދާޅުވިއެވެ.

ކޯވިޑްގެ ހާލަތު ގޯސްވެގެން ޤާސިމަކީ ހައިރިސްކު ބޭފުޅަކަށްވުމުން މަޖިލީހަށް ދޮޅު އަހަރު ވަންދެން ވަޑައިގެންފައި ނުވި ނަމަވެސް ކޯވިޑްގެ ހާލަތު އަނެއްކާވެސް ރާއްޖޭގައި އެންމެ ގޯސްވެފައިވާ ވަގުތު ޤާސިމް މިވަނީ ކޮމަންޑޫ ކެމްޕެއިނަށް ވަޑައިގެންފައެވެ.

މިކަމާއި ގުޅިގެންވެސް ބައެއް ފަރާތްތަކުފެ ފާޑުކިޔުން ޤާސިމަށް އަމާޒުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނަކަސް
ޢަހަރެމެން ޤާސިމް އަށް ބަދު ދުޢާވެސް ކިރާނަން. ރައްޔިތުން ތިބި ނިކަމެތި ހާލަތު ނޭގޭ އަމިލަ އެދުން ބޮޑު މީހުން ރައްޔިތުންގެ ތެރެއަށް ނިކުތުމުން ބާނީ ފަޟީޙަތް.