ޢަލީ ވަޙީދު ގެންނަން އިނގިރޭސިބަހުން ފުލުހުންނަށް އަދިވެސް ޢަމުރެއް ނުލިބޭ

ޢަލީ ވަޙީދު ގެންނަން އިނގިރޭސިބަހުން ފުލުހުންނަށް އަދިވެސް ޢަމުރެއް ނުލިބޭ

Author
މުޙައްމަދު ޖިމީ
25 ޖެނުއަރީ 2022 12:55
0

ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ހައްޔަރުކޮށްގެން ރާއްޖެ ގެނައުމަށް އިނގިރޭސި ބަހުން ޢަމުރެއް ނެރެދިނުމަށް ފުލުހުން އެދިފައިވީނަމަވެސް މިހާތަނަށް އެ ޢަމުރު ނެރެދީފައި ނުވާކަން ހާމަވެއްޖެއެވެ.

ޢަލީ ވަހީދު ރާއްޖެ ގެނައުމަށް އިނގިރޭސިބަހުން ޢަމުރެއްނެރެދިނުމަށް ފުލުހުން އެދުނު ނަމަވެސް އެފަދަ ޢަމުރުރެއް ކްރިމިނަލް ކޯޓުން ނެރެދީފައި ނުވާތީ ޢަލީ ވަޙީދު ރާއްޖެ ނުގެނެވިފައިވާކަމަށް ބުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނަނީ ޢަލީ ވަޙީދު ހައްޔަރުކޮށްގެން ރާއްޖެ ގެނައުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުން އަންނަކަމަށެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ހައްޔަރުކޮށްގެން ކޯޓަށް ޙާޒިރުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ފުލުހުންނަށް އަމުރުކޮށްފައެވެ. ނަމަވެސް އިނގިރޭސިވިލާތުގެ އިމިގްރޭޝަންގެ ބަންދެއްގައި ހުރުމުން ކޯޓަށް ޙާޒިރުވެވެން ނެތްކަމަށް ޢަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

އަލީ ވަހީދު ރާއްޖެއަށް ނައިސްފިނަމަ އަސްހަދަށް ފިޔަވަޅު އަޅާނެކަމަށް ކްރިމިނަލް ކޯޓުން އަންގަވާފައިވާތީ ވީހާވެސް އަވަކަށް ރާއްޖެ އައުމަށް އެދިވަޑައިގެންފައެވެ. އޭނާ ވަނީ އަލީ ވަހީދު ރާއްޖެ އައުމަށްޓަކައި ޓިކެޓުގެ ޚަރަދު ދޭނޭކަމަށް ވެސް ވިދާޅުވެފައެވެ.

އެ ސިޓީގެ ޖަވާބުފައި އަލީ ވަޙިދު އަސްހަދަށް ފޮނުވި ސިޓީގައި ވަނީ އޭނާ މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގެ އިމިގްރޭޝަންގެ ބަންދެއްގައިކަމަށް ވިދާޅުވެފައެވެ.  އެހެންކަމުން އެ މުއްދަތުގެ ތެރޭގައި ކޯޓަށް ހާޒިރުވެވެން ނެތްކަމަށް ޢަލީ ވަޙީދު ވިދާޅުވެފައިވެއެވެ.

އަލީ ވަހީދު އިނގިރޭސިވިލާތަށް ވަޑައިގަތީ، އޭނާގެ މައްޗަށް ޖިންސީ ގޯނާގެ 7 ދަޢުވާއެއް ކްރިމިނަލް ކޯޓުގައި އުފުލާފައިވަނިކޮށެވެ. އަދި އޭނާގެ މައްޗަށް ކުރި ދައުވާތަކުގެ އަޑުއެހުންތައް ކޯޓުތަކުގައި ފަށާފައިވަނިކޮށް އިނގިރޭސިވިލާތުގައި ހުންނަވައިގެން އަލީ ވަހީދު ގެންދަވަނީ ޕްރޮސިކިއުޓަރ ޖެނަރަލާއި، ސަރުކާރުގެ އިސްވެރިންނަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވަމުންނެވެ.

އަލީ ވަހީދު ފުރަން ކްރިމިނަލް ކޯޓުން ހުއްދަ ދިނީ ހަތަރު މަހުގެ މުއްދަތަކަށެވެ. އެކަމަކު އެ މުއްދަތު ހަމަވި ފަހުން ވެސް އަލީ ވަހީދު ރާއްޖެ ވަޑައެއް ނުގަންނަވައެވެ. އަލީގެ ޕާސްޕޯޓް ހިފަހައްޓަން އެދުނު ނަމަވެސް އިޖުރާއީ މައްސަލަތަކާ ހުރެ އެ އަމުރު ވެސް ނެރެނުދެވެއެވެ. ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ސީޕީ ހަމީދު ވިދާޅުވީ އިންޓަޕޯލް ވެސް ހިނގާނީ އެކި ގައުމުތަކުގެ ޖުރިސްޑިކްޝަންތަކުގައި އެކި ގޮތަށް ކަމަށެވެ.

އެހެންކަމުން އިންޓަޕޯލް ރެޑް ނޯޓިސް ނެރުނަސް، ޖިންސީ ފުރައްސާރައާއި ގޯނާގެ ދައުވާތައް އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ގެނެވޭނެ ކަމުގެ ޔަގީން ކަން ނެތް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.