ކައުންސިލަށް ހުރަސްއަޅާތީ އެމްޑީޕީ ކައުންސިލަރ ޒަމީރުގެ ބޮޑެތި ފާޑުކިޔުން ސަރުކާރަށް

ކައުންސިލަށް ހުރަސްއަޅާތީ އެމްޑީޕީ ކައުންސިލަރ ޒަމީރުގެ ބޮޑެތި ފާޑުކިޔުން ސަރުކާރަށް

Author
މުޙައްމަދު ޝަޒައިމް
19 ޖެނުއަރީ 2022 01:25
0

ލާމަރުކަޒީ ގޮތުން އިދާރީ ދާއިރާތައް ހިންގުމަށް ޤާނޫނުން މާލެ ސިޓީ ކައުންސިލަށް މަތިކޮށްފައިވާ ޒިންމާތައް އަދާލުރުމަށް ސަރުކާރުން މާލެ ސިޓީ ކައުންސިލަށް ފުރުސަތު ނުދޭތީ މައްޗަންގޯޅި މެދު ދާއިރާގެ މާލެ ސިޓީގެ ކައުންސިލްގެ އެމްޑީޕީ މެމްބަރު އަހުމަދު ޒަމީރުގެ ފާޑިކިޔުން ސަރުކާރަށް އަމާޒުވެއްޖެއެވެ.

މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ބައްދަލުމުގައި ކައުންސިލްގެ ގިނަ މެމްބަރުންވަނީ ސަރުކާރުން ކައުންސިލަށް ކުރަމުންދާ ޖެއްސުންތަކާއި، ރައްޔިތުންނަށް ފައިދާއަށް ނިންމާ ނިންނުންތަކަށް ހުރަސް އަޅަމުންދާތީ އެކަމާއި ވަރަށް ބޮޑަށް ހިންހަމަ ނުޖެހި ވާހަކަ ދައްކާފައެވެ.

މިބައްދަލުވުމުގައި އެންމެ ބޮޑަށް ސަރުކާރަށް ނުރުހުން އަމާޒުކުރި އެއްބޭފުޅަކީ އެމްޑީޕީއަށް ނިސްބަތްވާ ޒަމީރުއެވެ. އޭނާ ވަނީ ސަރުކާރުން މާލެ ސިޓީ ކައުންސިލުން ރައްޔިތުންނަށް ފައިދާހުރު ގޮތަށް ކުރަމުންދާ ކޮންމެ ކަމަކަށް ހުރަސް އަޅަމުންދާކަމަށް ވިދާޅުވެފައެވެ.

އެގޮތުން މާލެ ސިޓީ ކައުންސިލްގެ އިދާރާ ޒަމާނީ އިމާރާތަކަށް ބަދަލު ކުރުމަށްޓަކައި ކައުންސިލުން ކަނޑައެޅި 18 މިލިޔަން ރުފިޔާއިން 7 މިލިޔަން ރުފިޔާ އުނިކުރި މައްސަލައިގައިވެސް ފާޑުވިދާޅުވެފައެވެ. އަދި ކުއްލިއަކަށް ބަޖެޓުގައި ނުވެސް ނެތްކަމެއް އެތަކެއް މިލިޔަން ރުފިޔާއެއް ޚަރަދުކޮށްގެން ދެ ކޮމަންޑު ގުޅާލަން ކުރާ މަސައްކަތަކީ އެއްވެސް ގޮތަކަށް ބަލައި ގަނެވޭނެ ކަމެއްނޫންކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މާލެ ސިޓީ ކައުން ސިލަށް އާންމުދަނީ ލިބެން ހުރި ނޯރތު ހާބަރާ ޓީޖެޓީ ނުދޭން ނިންމާ ރައީސް އޮފީހުން ސިޓީ ފޮނުވުމުން ދޭހަވެގެން ދަނީ ރައީސް އޮފީހުން ރާއްޖޭގެ ރައްޔިތުންނަށް ފައިދާއެއް ވާން ބޭނުން ނުވާ މަންޒަރު ކަމަށެވެ. އަދި މިކަމުގެ ސަބަބުން ގެއްލުން ވެގެން ދަނީ ރައްޔިތުންނަށް ކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި ގިނަ ބޭފުޅުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ޚާއްސަކޮށް ޕްލޭނިން މިނިސްޓްރީން މާލެ ސިޓީ ކައުންސިލަށް މަސައްކަތް ވިޔަނުދޭން ކުރަމުންދާ މަސައްކަތް ފާހަގަކޮށް، އެކަންކަން ހުއްޓާލުމަށް މެމްބަރުންވަނީ ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.