ސައުދީ ކޯލިޝަނުން ދިން ހަމަލާއެއްގައި ހޫތީންގެ އަސްކަރީ ލީޑަރު މަރާލައިފި

ސައުދީ ކޯލިޝަނުން ދިން ހަމަލާއެއްގައި ހޫތީންގެ އަސްކަރީ ލީޑަރު މަރާލައިފި

ސައުދީ އަރަބިއާއިން އިސް ނަގައިގެން ޔަމަނުގެ ހޫތީ ހަގުރާމަވެރިންނާ ދެކޮޅަށް އެކުލަވާލާފައިވާ ކޯލިޝަނުން ދިން ހަމަ ހަމަލާއެއްގައި ހުތީ ހަގުރާމަވެރިންގެ އަސްކަރީ ލީޑަރު މޭޖަރ ޖެނެރަލް ގާސިމް އަލް-ޖުނައިދު މަރާލާފައި ވާކަމަށް އަރަބި ގައުމުތަކުގެ ބައެއް މީޑިއާތަކުން ޔަމަންގެ ރަސްމީ ފަރާތްތަކާ ހަވާލާދީ ރިޕޯޓު ކޮށްފިއެވެ.

އަލް އަރަބިއްޔާ ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އިރާނުން ތާއީދުކުރާ ހޫތީ ހަގުރާމަވެރިންނާ ދެކޮށް އަރަބި ކޯލިޝަނުން އަސްކަރީ ހަމަލާތައް ދީފައި މިވަނީ، ހޫތީ ހަގުރާމަވެރިން މި ހަފްތާގެ ހޯމަދުވަހު ހެދުނު، ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ވެރިރަށް އަބޫ ދާބީގެ ދެ އަމާޒަކަށް ހަލާ ދީފައިވާކަމަށް ހޫތީންގެ ފަރާތުން ބުނެފައި ވަނިކޮށެވެ. މި ހަމަލާތަކުގައި 3 މީހުން މަރުވެ 6 މީހަކަށް ވަނީ އަނިޔޭވެފައެވެ.

އަރަބި ކޯލިޝަންގެ ތަރުޖަމާން ވިދާޅުވެފައިވަނީ، މި ހަމަލާތަކަކީ "ކުރިމަތިވާ ނުރައްކާތަކާއި އަދި އަސްކަރިއްޔާއަށް ހަމަލާ ދޭން ފެނުންމުން ދޭ" ހަމަލާތަކެއް ކަމުގައެވެ.

މިހަފްތާގެ ހޯމަ ދުވަހު ހޫތީންގެ ހަމަތާކަގެ ސަބަބުން، ޔޫއޭއީގެ ތެޔޮ ޚާރުޚާނާއަކަށާއި އަދި އަބޫ ދާބީ އެއަރޕޯޓުޣޭ އިތުރު ކުރަމުންދާ ބައިގައި ވަނީ އަލިފާން ރޯވެފައެވެ.

މި ހަމަލާއާއި ގުޅިގެން ޔޫއޭއީގް ފޮރިން މިނިސްޓަރ ވިދާޅުވެފައިވަނީ، މިއީ އެގައުމަށް ދީފައިވާ ޓެރަރިސްޓު ހަމަލާއެއް ކަމަށާއި، މިހަމަލާ ދިން ފަރާތަކުގެ ކިބައިން ބަދަލު ހިފާނެ ކަމުގައެވެ.

މިހަމަލާތަކަކީ މަދުން ނޫނީ ޔޫއޭއީއަށް މީގެ ކުރިން ދީފައި ނުވާފަދަ އަސްކަރީ ހަމަލާއެކެވެ.

ސައުދީ އަރަބިއާގެ ޚާރިޖިއްޔާގެ އިތުރުން ދުނިޔޭގެ އެތައް ގައުމަކުންވަނީ ހޫތީ ހަގުރާމަވެރިންގެ މި ހަމަލާ ކުށްވެރި ކޮށްފައެވެ.

ޔަމަނުގައި ވަކިވެގަތުމަށް ހަނގުރާމަ ކުރަމުންދާ ހޫތީ ހަގުރާމަވެރިންނާއި އެގައުމުގެ ސަރުކާރާ ދެމެދު ހިގަމުންދާ އަހުލީ ހަގުރާމައިގެ ތެރެއަށް ވަނުމަށް ސައުދީ އަރަބިއާ އިސްވެ 2015ވަނަ އަހަރު އެކުލަވާލެވުނު ކޯލިޝަނަ ށްފަހު ސައުދީ އަރަބިއާއާއި ޔޫއޭއީން ދަނީ ހޫތީ ހަގުރާމަވެރިންނާއި ދެކޮޅަށް ހަގުރާމަ ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *