ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަނިޔާވެރިވުމަށް ޕީޕީއެމް ކައުންސިލް މެންބަރު ޒާހިދު ރަމީޒް ގޮވާލާ ޓްވީޓްކުރި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ ރައީސްއަށް އަނިޔާވެރިވުމަށް ގޮވާ ޓްވީޓް ކުރި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.
ޕީޕީއެމް ކައުންސިލް މެންބަރު އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޒާހިދު ރަމީޒް ކުރެއްވި ޓްވީޓެއްގައި ވަނީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ގައުމަށް ގައްދާރުވުމުން ހުކުމްކުރަނީ މަރަން ކަމަށް ވިދާޅުވެފައެވެ. ދެން އަންނަ ވެރިކަމެއްގައި ދެކެން ބޭނުންވަނީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ރާއްޖޭގެ ގާނޫނުތައް ބަދަލުކޮށް ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކޮށް، ރައީސް ސޯލިހު ދަން ޖެއްސުން ކަމަށް އޭނާގެ ޓްވީޓްގައިވެއެވެ.
މާލޭގައި ހިންގި ނިއުޕޯޓް މައްސަލާގައި ޒާހިދުގެ ނުރުހުން ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުކޮށްފައިވެއެވެ. އަދި ޒާހިދު ރަމީޒް މީގެ ކުރިންވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އަމާޒުކޮށް މިފަދަ ޓްވީޓް ކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ