މިސަރުކާރުން ވެރިކަމަށް އައުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބްރިޖުގެ މަޝްރޫޢުތައް ހިންގަވާނެކަމަށް ވެވަޑައިގެންވި ވައުދުތަކުގެ ތެރެއިން ޅ.ނައިފަރު-ހިންނަވަރު ގުޅާލާ ބްރިޖްގެ ވަޢުދު ސަރުކާރުގެ ސަމާލުކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ގެންނަވައިފިއެވެ.
އަންނަ މަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް، ކޮމަންޑޫ-މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ފެށުމާއި ގުޅިގެން ޝިޔާމް ވިދާޅުވީ މިއީވެސް ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރެއިން އިންތިޚާބެއް ބޯމަތިވުމުން ކުއްލިއަކަށް ފުއްދަން މަސައްކަތް ކުރާ ވައުދެއްކަމަށެވެ. މިނޫނަސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ގިނަ ބްރިޖުތަކެއް އެޅުމަށް މިސަރުކާރުން ވައުދު ވެފައިވާކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ބްރިޖުތަކުގެ ވައުދަކީ އެމަނިކުފާނުގެ ހަނދާނަށް މިއަދު ނައި ކަމުގައި ވީނަމެސް ގިނަ ވައުދެއް ކަމަށާއި، މިވައުދު ފުއްދުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއްކަމަށެވެ. މިގޮތުން ރައީސް ޞާލިހު ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި، އެމަނިކުފާނު ނިސްބަތްވާ ހިންނަވާރައި، ނައިފަރު ގުޅާލަން ވެވަޑައިގެންނެވި ވައުދަކީވެސް ނުފުއްދި އޮތް ވައުދެއްކަން ޝިޔާމް ވަނީ ސަރުކާރުގެ ސަމާލުކަމަށް ގެނެސް ދެއްވާފައެވެ.
ރައީސް ޞާލިހުގެ ބްރިޖު ތަކުގެ ވަޢުދަކީ ހުސްނުވާ ހަމަ ހުސް ވަޢުދުތަކެއް. ނައިފަރު-ހިންނަވަރު ގުޅާލާ ވަޢުދަކީ ކައިރި އެހެނަސް 2 ކޮމަންޑޫ ގުޅާލާ ވަޢުދަށްވުރެ، ދުރުމާޒީއެއްގެ ވަޢުދެއް. ރައްޔިތުންނަށް އިންތިޒާރުގެ ދުވަސްތައް ގުނުން ނޫން ގޮތެއް ނެތް.
– ޝިޔާމް ވިދާޅުވިއެވެ.
Raees @ibusolih ge bridge thakuge waudhuthakakee husnuvaa hama hus waudhuthakeh. Naifaru-Hinnavaru gulhaalaa waudhakee kairi ehenas 2 Komandoo gulhaala waudhahvure dhuru maazee ehge waudheh. Rayyithunnah inthizaruge dhuvasthah gunun noon gotheh neiy @MohamedNasheed #VoteFathuhy pic.twitter.com/t4XnpQo0eu
— Ahmed Shiyam (@Shiyamaldives) January 16, 2022
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙުވަނީ ރާއްޖޭގެ އެކި ހިސާބުގައި އެކި މިންވަރުގެ ބުރިޖުތައް އެޅުއްވުމަށް ވައުދުވެވަޑައިގެންފައެވެ. ލ.އަތޮޅާއި، ގއ.އަތޮޅާއި ތ.އަތޮޅުގެ އިތުރަށް އެމަނިކުފާނުގެ އަމިއްލަ އަތޮޅު ކަމުގައިވާ ޅ.އަތޮޅުގައިވެސް ބުރިޖު އެޅުއްވުމަށް ރައީސް ޞާލިޙު ވައުދުވެވަޑައިގެންފައިވެއެވެ.
އެގޮތުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ނައިފަރާއި ހިންނަވަރުގެ މެދުގައި ބުރިޖެއް ޤާއިމުކުރައްވަން ރައީސް ޞާލިޙުވަނީ ވައުދުވެވަޑައިގެންފައެވެ. އަދި ގއ.ވިލިނގިއްޔާއި ކޫއްޑޫގެ މެދުގައި ބުރިޖެއް ބިނާކުރެއްވުމަށްވެސް ރައީސް ޞާލިޙު ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިޚާބުގެ ތެރޭގައި އެ އަތޮޅަށް ކުރެއްވި ޒިޔާރަތުގައެވެ.
ކޮމެންޓު ފޮނުވާ