ބްރެޒިލްގެ ކޯރެއްގައި، ބޮޑު ހިލަގަޑެއް ކަނޑައިގެން ބޯމައްޗަށް ވެއްޓި 7 ފަތުރުވެރިޔަކު މަރުވެ 3 މީހަކު ގެއްލިއްޖެ

ބްރެޒިލްގެ ކޯރެއްގައި، ބޮޑު ހިލަގަޑެއް ކަނޑައިގެން ބޯމައްޗަށް ވެއްޓި 7 ފަތުރުވެރިޔަކު މަރުވެ 3 މީހަކު ގެއްލިއްޖެ

Author
ހުސެއިން
09 ޖެނުއަރީ 2022 06:41
0

ބްރެޒިލްގެ މިނާސް ގެރައިސް ސްޓޭޓުގެ ޓުއަރިސްޓް ލޭކެއްގައި ކުދި ބޯޓުތަކުގައި ފަތުރުވެރިން ދަތުރު ކުރަމުން ދަނިކޮށް، ބޮޑު ހިލަ ގަނޑެ ކަނޑައިގެން ވެއްޓި، 7 ފަތުރުވެރިއަކު މަރުވެ، 3 މީހަކު ގެއްލިއްޖެއެވެ.

މިހާދިސާގައި ގެއްލިފައިވާ 3 މީހުން ހޯދުމަށް ކުރިޔަށް ދިޔަ ރެސްކިއު އޮޕަރޭޝަންވަނީ، ކަޕިޓާލިއޯ ޓައުންގައި އޮންނަ ފާރނަސް ކޯރުގައި އެކަށީގެންވާ މިންވަރަށް އަލި ލިބެމުން ނުދިއުމުގެ ސަބަބުން ހޮނިހިރު ދުވަހު، ހުއްޓާލަން މަޖުބޫރު ވެފައެވެ. އެހެންނަމަވެސް، އާދީއްތަ ދުވަހުގެ، ބްރެޒިލްގެ ގަޑިން ފަތިހު 5 ޖަހާއިރު، ގެއްލުނު މީހުން ފެނޭތޯ އަނެއްކާވެސް މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަމަށް، މިނާސް ގެރިއަސް ސިޓީގެ ފަޔަރ ޑިޕާޓްމަންޓުގެ ތަރުޖަމާން ޕެޑްރޯ އައިހަރާ ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ވަނީ ވިދާޅުވެފައެވެ.

އައިހަރާ ވިދާޅުވެފައިވާ ގޮތުގައި، މިހާދިސާގައި އެކިވަރުގެ އަނިޔާ ލިނުބު 32 މީހުންގެ ތެރެއިން، 23 މީހަކުވަނީ، ލިބުނު ކުދކުދިި އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލެވިފައެވެ.

ފަޔަރ ޑިޕާޓްމަންޓުގެ ތަރުޖަމާން ޕެޑްރޯ އައިހަރާ ވިދާޅުވެފައިވާ ގޮތުގައި، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ހޯމަ ދުވަހާ ހަމަޔަށް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި، ކޯރު ތެރެއަށް ވެއްޓުނު ބޮޑު ހިލަ ގަޑުގެ ދަށުވެފައި މީގެ ތެރެއިން ބައެއް މީހުން ތިބެދާނެތީ ރެސްކިއު އޮޕަރޭޝަން މިއަަށްވުވެވެސް ދިގުލައިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ބްރެޒިލްގެ ރައީސް ޖައިރ ބޮލްސޮނާރޯ ވިދާޅުވެފައިވަނީ، މީހުން ހޯދުމަށާއި ސަލާމަތް ކުރުމަށް ކުރިޔަށްދާ އޮޕަރޭޝަނަށް އެހީތެރިކަން ފޯރު ކޮށްދިނުމަށްޓަކާ، އެގައުމުގެ ނޭވީގެ ރިލީފް ފޯރސް ޓީމު މިހާރުވަނީ މަސައްކަތް ފަށާފައެވެ.

ބްރެޒިލްގެ އިރު ދެކުނުން، ވަކިން ހިކިފަސް ތަނެއްގެ ގޮތުގައި އޮންނަ، މިނާސް ގެރައިސް ސްޓޭޓަށް ދާދި ފަހުންވަނީ ބޯކޮށް ވާރޭ ވެހިފައެވެ. އަދި މި ހަފްތާގެ ހުކުރު ދުވަހު ބްރެޒިލިއަން ނޭޝަނަލް އިންސްޓިޓިއުޓް އޮފް މީޓޮރޮލޮޖީން ވަނީ، ފާއިތުވެދިޔަ 4 ދުވަހު، ކޮންމެ ދުވަހަކުވެސް 100 މިލިލީޓަރުގެ ވާރޭ އެ ސިޓީއަށް ވެހިފައިވާތީ ރެޑް އެލާޓްވެސް ނެރެފައެވެ.

މިނާސް ގެރައިސްގެ މޭޔަރު ރޯމިއު ޒޭމާ ވިދާޅުވި ގޮތުގައި، މި ހިލަގަޑު ކަނޑައިގެން ވެއްޓެން މެދުވެރިވި ސަބަބަކީ، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފާރނަސް ކޯރުގެ އެއްކައިރީގައި ވާ ބޮޑެތި ހިލަގަޑުތައް ދޫވެ، ލޮޅުން އަރައިގެން ކަމުގައެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން، މި ބޮޑު ހިލަގަޑު ކަނޑައިގެން ވެއްޓެމުން ދިޔަ ވަގުތު، ކޯރުގެ ހިލަގަޑުގެ އައްސޭރިން ދުއްވަމުން އައި ބޯޓުތަކަށް، "ދުރަށް ދޭ" މިހެން ގޮވަމުން ދިޔަ މަންޒަރުވަނީ ފެނިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.