ނިމިިދިޔަ އަހަރުގެ ނިޔަލަށް އެޓަރނީ ޖެނަރަލް އޮފީހުން 900 އަށްވުރެ ގިނަ މައްސަލާގައި ޤާނޫނީ ލަފާ ދީފައިވާ ކަމަށް އެ އޮފީހުން ވިދާޅުވެއްޖެއެވެ. މިއާއެކު ކޮމިޝަނަށް ހުށަހެޅުނު 96 އިންސައްތަ މައްސަލައިގައި ޤާނޫނީ ލަފާވަނީ ދީފައެވެ.
އެޓާނީ ޖެނެރަލް އޮފީހުންވަނީ މިދިޔަ އަހަރު އެއޮފީހުން އެކި އިދާރާތަކަށް ދީފައިވާ ޤާނޫނީ ލަފާގެ ތަފްސީލް ހާމަކޮށްދެއްވާފައެވެ.
2021 ވަނަ އަހަރު ދައުލަތުގެ މުއައްސަސާތަކުން ޤާނޫނީ ލަފައަށް އެދި ފޮނުވާފައިވާ 960 މައްސަލައިގެ ތެރެއިން 921 މައްސަލައަކަށް އެ އަހަރު ތެރޭގައި ވަނީ ޤާނޫނީ ލަފާ ދީފައެވެ. އަދި 2020 ވަނަ އަހަރު ނިމުނު އިރު ލަފާ ނުދެވިހުރި ކަންކަމާއި އޭޖީ އޮފީހުން އިސްނެގުމުގައި އެކުލަވާލައި ފޮނުވި ގަވާއިދެއް ހިމެނޭގޮތުން، މުޅި ޖުމްލަ 983 މައްސަލައަކަށް މިދިޔަ އަހަރުވަނީ ޤާނޫނީ ލަފާ ދީފައެވެ.
އެޓަރނީ ޖެނަރަލްގެ އޮފީހުން 2021 ވަނަ އަހަރު ދިން ލަފާގެ ތަފާސްހިސާބު:
ބިލު ތަޞްދީގު ކުރުމާ ގުޅޭ ގޮތުން ދެވުނު ލަފާ 33
އެއްބަސްވުންތަކުގައި ސޮއި ކުރުމާ ގުޅޭ ގޮތުން ދެވުނު ލަފާ 278
ގަވާއިދުތަކާ ގުޅޭ ގޮތުން ދެވުނު ލަފާ 180
އުޞޫލުތަކާ ގުޅޭ ދެވުނު ލަފާ 34
މުޢާހަދާތަކާ ގުޅޭ ގޮތުން ދެވުނު ލަފާ 5
އެހެނިހެން ކަންކަމާ ގުޅޭ ގޮތުން ދެވުނު ލަފާ 453

މިދިޔަ އަހަރު އެންމެ ގިނައިން ޤާނޫނީ ލަފާ ދެވުނު އިދާރާއަކީ ފިނޭންސް މިނިސްޓްރީއެވެ. އެމިނިސްޓްރީއަށް 231 ކަމަކާ ގުޅޭ ގޮތުން ވަނީ ޤާނޫނީ ލަފާދީފައެވެ. މިދޔަ އަހަހަރު ފިނޭންސް މިނިސްޓްރީގެ އިތުރުން އެހެން 4 އިދަރާއަކުން އެދުނު ޤާނޫނީ ލަފާވެސް އޭޖީ އޮފީހުންވަނީ ދީފައެވެ.
އެގޮތުން ފޮރިން މިނިސްޓްރީން އެދުނު 104 މައްސަލައަކަށް ވަނީ ޤަނޫނީ ލަފާ ދީފައެވެ. ހެލްތު މިނިސްޓްރީން އެދުނު 65 ކަމަކާ ގުޅޭ ގޮތުން ލަފާ ދެވުނުއިރު، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް 69 ލަފާ އަދި ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންއަށް 73 ކަމަކާ ގުޅޭ ގޮތުން ވަނީ ޤާނޫނީ ލަފާދީފައެވެ.

އެޓަރނީ ޖެނަރަލްގެ މަޤާމާ އިބްރާހީމް ރިފްއަތު ޙަވާލުވެވަޑައިގެންނެވިފަހުން، އެމަނިކުފާނު ގެންދަވަނީ އެ އޮފީހުން ދެމުންދާ ޤާނޫނީ ލަފާތަކާއި ދައުވާ ކުރާ މައްސަލަތަކާއި ދައުވާ ލިބޭ މައްސަލަތަކުގެ ތަފާސްހިސާބު އާންމު ކުރައްވަމުންނެވެ. އާންމު މަސްލަހަތާ ގުޅުންހުރި ބޮޑެތި މައްސަލަތަކުގައި ވެސް އެޓަރނީ ޖެނަރަލްގެ އޮފީހުން ގެންދަވަނީ ތަފްސީލުކޮށް، އެ މައުލޫމާތު އާންމު ކުރައްވަމުންނެވެ.
ކޮމެންޓު ފޮނުވާ