ފެނިގެންދަނީ މާއްދިއްޔަތަށް ގޮސް، ޤައުމު ހަލާކުވެގެންދާތަން: ޒައިދު

ފެނިގެންދަނީ މާއްދިއްޔަތަށް ގޮސް، ޤައުމު ހަލާކުވެގެންދާތަން: ޒައިދު

Author
މުޙައްމަދު ޝަޒައިމް
01 ޖެނުއަރީ 2022 10:15
0

ރާއްޖޭގައި މިހާރު ފެނިގެންދަނީ މާދިއްޔަތަށްޓަކައި، ގޮސް ޤައުމު ހަލާކު ވެގެންދާތަން ކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އާއަހަރު ފާހަގަކުރުމަށް ރާއްޖޭގެ މީހުން ދިރިއުޅޭ ބައެއް ރަށްރަށުގައި އިސްލާމީ އުސޫލުތަކާއި ދިވެހިންގެ ރިވެތި އާދަތަކާއި ޚިލާފަށް ހިންގޭ ހަރާކާތްތައް ކުށްވެރިކޮށް، ޝާއިޚު ޒައިދު ވިދާޅުވީ މިފަދަ ކަންކަން ރާޢްޖޭގައި އެއްވެސް ހުއްޓުމެއްނެތި އާންމުވަމުންދާކަމީ ނުހަނު ހިތާމަ ކުރައްވާ ކަމެއްކަމަށެވެ.

މިއަދު ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން އައުރަނިވާ ނުކޮށް މަގުތަކުގައާއި، ގޭގޭގައި އުޅެމުންދާއިރު، ތަޢާރަފްކުރި ހޯމް ސްޓޭއާއިއެކު މިކަންތައް އިތުރަށް ގޯސްވެގެންދާނެކަމަށެވެ. މިއީ މާދިއްޔަތަށްޓަކައި، ހަމައެކަނި ޑޮލަރާއި، ފައިސާ ހޯދުމުގެ ނިޔަތުގައި ކުރާކަމެއްކަމަށް ވާނަމަ، މިކަމުގެ ނަތީޖާ ގޯސްވާނެކަމަށް ޒައިދު ވިދާޅުވިއެވެ. މިއަދު މިކަންކަން ހުއްޓުވައި، މިކަންކަމާއި ދެކޮޅަށް ކުރެވޭ އެއްވެސް މަސައްކަތެއްވެސް ނުފެންނަ ކަމަށް ޒައިދު ވިދާޅުވިއެވެ.

މިހާރުވެސް މީހުން ދިރިއުޅޭ ރަށްރަށުގައި، 2 ޕީސް ލައިގެން އޮރިޔާމުން ޢާންމުންގެތެރޭގައި އެހެރަ އުޅެ ނަގަނީ! ގެސްޓްހައުސްތަކުން $ އަށްޓަކައި ކްރިސްމަސް ޝިރްކް ފާހަގަކުރަނީ! ނުހުއްޓުވޭ! ހޯމްސްޓޭއާއެކު ކްރިސްމަސް ފާހަގަކޮށްދިނުން ގޭގެ ތެރެއަށްދާނެ! މާއްދިއްޔަތަށް ގޮސް ޤައުމު ހަލާކު!

– ޒައިދު ވިދާޅުވިއެވެ.

މިއަދު މ.ދިއްގަރުގައި ހޯމް ސްޓޭ ތައާރަފްކުރުމަށް ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ތައްޔާރުވެފައެވެ. ހޯމްސްޓޭ ޓުއަރިޒަމްގެ އިތުރުން، ސްޕޯޓްސް ޓުއަރިޒަމް، މައިސް ޓުއަރިޒަމް އަދި ކަލްޗަރަލް ޓުއަރިޒަމް ޕްރޮމޯޓްކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

މިކަމާއި ގުޅިގެން ޒައިދު ވިދާޅުވީ މިހާރުވެސް ރަށްރަށުގައި ޓުވަރިސްޓުން ގޮސް ތިބޭއިރު ބަލަންޖެހޭ މިންވަރާއި ގާތަށްވެސް ނުބެލި، ދިވެހިންގެ އިސްލާމީ އަދި އިޖުތިމާއީ ފޭރާމަށް ބޮޑެތި ލޮޅުންތަކެއް އަންނަ މުންދާކަމަށެވެ. އިތުރަށް ޓުވަރިޒަމް ރަށްރަށުގައި ފުޅާކޮށް، ގޭގޭގައި ހިންގޭ އުސޫލުން ފުޅާ ކުރުމަކީ މިކަމުން ނޭދެވޭ އެތައްކަމެއް ކުރިމަތިވާނެ ކަމެއްކަމަށް ޝައިޚު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކޮބާ
ޒަައިދުވެސް އެބުނަނީ ވަރަށްވެސް ރަނގަޅުވާހަކައެއް.
ހ ހުދުހުދު
ޒައިދު މެން މާއްދިއްޔަތަށް ގޮސް ހުސްވީމާ ދެން ކޮން ވާހަކައެއްތޯ؟...ދެފައިގައި ހިފާފަ މިގޮވަނީ ކުރީގަ އަދި މިހާރު ވެސް ތިބީ ވަގުންނޭ....ދީނާ ގައުމީ މިނިވަންކަމަށް މިހާރަށް ވުރެ އޭރު ރަނގަޅު.....ވިސްނާ........