އީސީގެ ރައީސް ފުއާދު ދަރިކަލުން އިދިކޮޅު ޕީޕީއެމްއަށް

އީސީގެ ރައީސް ފުއާދު ދަރިކަލުން އިދިކޮޅު ޕީޕީއެމްއަށް

Author
މުޙައްމަދު ޝަޒައިމް
30 ޑިސެމްބަރ 2021 10:50
0

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ ދަރިކަލުން އަހްމަދު ފުއާދު އިދިކޮޅު ޕީޕީއެމް އަށް ސޮއި ކުރައްވައިފިއެވެ.

މިރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި އަހްމަދު ފުއާދު އިދިކޮޅު ޕީޕީއެމް އަށް ސޮއި ކުރައްވައި ފޯމް ހަވާލު ކުރެއްވީ ޕީޕީއެމްގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރު ރައީސް އަބްދުﷲ ޔާމީންއާއިއެވެ.

އަހްމަދު ފުއާދު އަކީ މަޝްހޫރު ގިޓަރިސްޓެކެވެ. އަދި މަޝްހޫރު ޗެސް މާސްޓަރެކެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގަކީ ކޮމިޝަނަށް ވަޑައިގެންނެވުމުގެ ކުރިން މިހާރު ވެރިކަން ކުރަމުންދާ އެމްޑީޕީގައި ހަރަކާތްތެރިވި އެމްޑީޕީ ފިކުރުގެ ބޭފުޅެކެވެ. ފުއާދުވަނީ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކޮށް ބަލިވެފައެވެ.

މިރޭ ޕީޕީއެމްއިން ބޭއްވި ޖަލްސާގައި އެމްޑީޕީ އުފެދުނީއްސުރެއް އެޕާޓީގައި މަސައްކަތް ކުރެއްވި ޖަވާދު އަހުމަދުވެސް ވަނީ ޕީޕީއެމްއާއި ގުޅިފައެވެ.

މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި 2019 ވަނަ އަހަރު މަޖިލިސް އިންތިޚާބުގައި ވާދަކުރި އަބްދުﷲ އަބްދުލް ހަކީމްވެސް ވަނީ މިރޭ ޕީޕީއެމްއާއި ގުޅިފައެވެ.

އިދިކޮޅު ކޯލިޝަނުން ބާއްވަމުންދާ ޖަލްސާ ތަކުގައި ކޮންމެ ރެއަކުވެސް ގިނަ އަދަދެއްގެ ބަޔަކު ދަނީ އެޕާޓީއާއި ގުޅެމުންނެވެ. ޚާއްސަކޮށް ވެރިކަން ކުރާ މައިޕާޓީގައި ގިނަ ދުވަސްވީ މެމްބަރުން އެމްޑީޕީ ދޫކޮށް އިދިކޮޅު ކޯލިޝަނާއި ގުޅެމުންދާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.