"ހޯމް ސްޓޭ" ޕްރޮގްރާމަކީ ދިވެހިންގެ އިސްލާމީ އިޖްތިމާޢީ ފޭރާން އިތުރަށް ބީވެގެންދާނެ ކަމެއް: ޒައިދު

"ހޯމް ސްޓޭ" ޕްރޮގްރާމަކީ ދިވެހިންގެ އިސްލާމީ އިޖްތިމާޢީ ފޭރާން އިތުރަށް ބީވެގެންދާނެ ކަމެއް: ޒައިދު

Author
މުޙައްމަދު ޝަޒައިމް
30 ޑިސެމްބަރ 2021 07:09
0

ރާއްޖޭގައި ތަޢާރަފްކުރަން އުޅޭ "ހޯމް ސްޓޭ" ޕްރޮގްރާމަކީ ދިވެހިންގެ އިސްލާމީ އިޖްތިމާޢީ ފޭރާން އިތުރަށް ބީވެގެންދާނެ ކަމެއް ކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ހޯމް ސްޓޭ ތަޢާރަފްކުރަނީ ފަތުރުވެރިކަމުގެ ވިޔަފާރިއަށް ވަންނަން ބޭނުންވާ ދިވެހިންނަށް ފަހި ފުރުސަތެއް ހޯދައިދިނުމަށް ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ. އަންނަ މަހުގެ 1 ވަނަ ދުވަހު ހޯމް ސްޓޭ ތައާރަފްކުރުމަށް ޓޫރިޒަމް މިނިސްޓްރީން ދަނީ މަސައްކަތް ކުރައްވަމުންނެވެ.

މިކަމާއި ގުޅިގެން ޒައިދު ވިދާޅުވީ މިހާރުވެސް ރަށްރަށުގައި ޓުވަރިސްޓުން ގޮސް ތިބޭއިރު ބަލަންޖެހޭ މިންވަރާއި ގާތަށްވެސް ނުބެލި، ދިވެހިންގެ އިސްލާމީ އަދި އިޖުތިމާއީ ފޭރާމަށް ބޮޑެތި ލޮޅުންތަކެއް އަންނަ މުންދާކަމަށެވެ. އިތުރަށް ޓުވަރިޒަމް ރަށްރަށުގައި ފުޅާކޮށް، ގޭގޭގައި ހިންގޭ އުސޫލުން ފުޅާ ކުރުމަކީ މިކަމުން ނޭދެވޭ އެތައްކަމެއް ކުރިމަތިވާނެ ކަމެއްކަމަށް ޝައިޚު ވިދާޅުވިއެވެ.

މިހާރު ތަޢާރަފްކުރަން އުޅޭ "ހޯމް ސްޓޭ" ޕްރޮގްރާމް އަކީ މިހާރުވެސް އެއްވެސް ވަރަކަަށް ނުބެލެހެއްޓޭ ގެސްޓްހައުސް ވިޔަފާރިއަށްވުރެ ނުބައިކޮށް ދާނެކަމެއްކަމެއްކަން ޔަގީނެވެ! މިއީ ދިވެހިންގެ އިސްލާމީ އިޖްތިމާޢީ ފޭރާން އިތުރަށް ބީވެގެންދާނެ ކަމެކެވެ! މައްސަލައަކީ ނުބެލެހެއްޓުމެވެ!

– ޒައިދު ވިދާޅުވިއެވެ.

ޖަނަވަރީ މަހުގެ 1 ވަނަ ދުވަހު މ.ދިއްގަރުގައި ހޯމް ސްޓޭ ތައާރަފްކުރުމަށް ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ތައްޔާރުވެފައެވެ. ހޯމްސްޓޭ ޓުއަރިޒަމްގެ އިތުރުން، ސްޕޯޓްސް ޓުއަރިޒަމް، މައިސް ޓުއަރިޒަމް އަދި ކަލްޗަރަލް ޓުއަރިޒަމް ޕްރޮމޯޓްކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހޮރެން
މިހާވަރު ވަންޔާ ދެން ބެންކޮކް އާއި އެއްގޮތަށް ހަށިވިއްކުން އާންމުކޮށްލްންވީއެންނު. ފައިސާ ނިލިބޮގެން ކޮ ްމެ ގޮތެއް ކަމެއް ވަރިހަމަވަންޔާ
H Halaaku
ބީތާވިޔަސް ނުވިޔަސްހެށްލޭނީނުބާގޮތަށް އިންސާނުންގެތެރޭގަ އުޅޭ ސައިތާނުންގެބާރުމާގަދަވާނެ ހެތްލޭލެއްވެސްބޮޑުވާނެ އެމީހުންދާނެތަ ނަމާދުކުރާތަނާ ގުރުރުވާންކިޔާތަންބަލަން ލާރިހޯދަންއުޅޭމީހުން ނެންނުއެބުރޭނޭ ލާރިލިބޭތީ ފެންނަންބޭނުންވާކަންތައް ތައްފެންނާތީ
ޢ ޢައިސް
ތެދު ވާނީ ތެދަށް... ސެއިހު ޒައިދު ބުންޏަސް....
އ އަލީ ބިން ޔަުސުފު
ކަލޭމެންގެ ވިސްނުމުގެ ފެންވަރު ހާދަ ދަށެވެ. ދިވެހި މުސްލިމުން އުޅޭގޮތް ގާތުން ކާފަރުންނަށް ފެނުމުން އެމީހުނަށް މިމާތް ދީނުގެ ފުރިހަމަކަން އެންމެ ކައިރިން ފެނުމުން އެމީހުނަށް އެމީހުންގެ ދީނާއި އުޅުމުގެ ދޯދިޔާކަމާއި ގޯސްކަން ތަސައްވަރުކުރެވި، އިސްލާމް ދީނަށް ވަރަށް ގިނަބަޔަކު ވަނުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. ތިޔަތިއްބެވެނީ ވަރަށް ބޮޑަށް ބީތާވެ، ޖާހިލުކަމެއްގައެވެ.
ސ ސެއްޅި
ވީދޭނެ ކަމެއްނެތް....މި ލާދީނީ ސރުކާރަށް ސަޕޯޓު ކޮށްގެން ތިބޭ.
ސ ސަންޕަ
ކަލޭެމެން ތިހެންކިޔާލަކިޔާލަ މިސަރުކާރު ދިފާއުކުރޭ، މިއީ ދުރާލާރޭވިގެން ހިނގާ ކަންތައްތައް. ތިހެންނުކިޔާ ހުއްޓުވަބަލަ