ބޮލީވުޑްގެ ތަރި ކަރިނާ ކަޕޫރު ކޯވިޑް-19އަށް ޕޮޒިޓިވް ވެ ފާއިތުވި 2 ހަފްތާގައި ހުރީ ކަރަންޓީނުގައެވެ. އޭނާ އާއިއެކު އޭނާގެ ބެސްޓް ފްރެންޑް އަމްރީތާ އަރޯރާ ވެސް ކޯވިޑަށް ޕޮޒިޓިވް ވިއެވެ.
ކަރީނާ ވަނީ އޭނާގެ އިންސްޓަގްރާމްގައި ކޯވިޑަށް ނެގެޓިވް ވެފައިވާކަން އިއުލާން ކޮށްފައެވެ. ޚަބަރުތައް ބުނާގޮތުގައި، އޭނާ ވަނީ އާ ވޭރިއެންޓަށް ޖީން ސީކުއެންސް ހަދަން ސާމްޕަލް ފޮނުވާފައެވެ. ނަމަވެސް ނަތީޖާ ނެގެޓިވް ކަމަށް ބުނެފައިވެއެވެ.
މި ދެތަރިންގެ އިތުރުން ބޮލީވުޑްގެ ކުރީގެ ދެ އެކްޓަރުން ކަމުގައިވާ ސަންޖޭ ކަޕޫރާއި ސޮހޭލް ހާންގެ އަންހެނުން ވެސް ވަނީ ކަރީނާއާ އެއް ދުވަސް ވަރެއްގައި ކޯވިޑަށް ޕޮޒިޓިވް ވެފައިއެވެ. އަދި ސީމާ ހާން އާއި މަހީޕް ކަޕޫރުވެސް ވަނީ އޮމިކްރޯން އަށް ޓެސްޓް ހެދުމަށް ސާމްޕަލް ފޮނުވާފައެވެ.
ކަރީނާ ކަރަންޓީނުގައި ހުރި އިރު އޭނާގެ ކުދިންގެ މަތިން ހަދާންވެ އިންސްޓަގްރާމްގައި އެކަން ޕޯސްޓް ކޮށްފައިވެއެވެ. އަދި އެގޮތަށް ދަރިން ނުފެނި ހުރުމަކީ ހިތްދަތި ކަމެއް ކަމަށް އެތަށް ފަހަރަކު ވަނީ ބުނެފައެވެ.
ކަރީނާގެ ދޮށީ ދަރިފުޅު ތައިމޫރުގެ އުފަން ދުވަސް ވެސް ފާހަގަ ކޮށްފައިވަނީ އޭނާއާ ނުލައެވެ. އެވަގުތު އޭނާ ހުރީ ކަރަންޓީނުގައެވެ.
ކަރީނާ ޕޮޒިޓިވް ވެފައިވަނީ ކަރަން ޖޯހަރު ބޭއްވި ޕާޓިއަކަށް ދިޔަ ފަހުންނެވެ. އެ ޕާޓީއަށް ދިއަ ގިނަ ތަރިން ވަނީ ކޯވިޑަށް ޓެސްޓް ކޮށްފައެވެ.