ސުޝްމިތާ އާއި ޒުވާން ލޯބިވެރިޔާގެ ގުޅުން ނިމުމަކަށް

ސުޝްމިތާ އާއި ޒުވާން ލޯބިވެރިޔާގެ ގުޅުން ނިމުމަކަށް

Author
ފާތިމަތު ނާވީ
25 ޑިސެމްބަރ 2021 02:51
0

އިންޑިއާގެ ބަތަލާ އަދި ކުރީގެ ރީތީގެ ރާނީ ސުޝްމިތާ ސެން އާއި އޭނާގެ ޒުވާން ލޯބިވެރިޔާ ރޯމަން ޝޯލްގެ ލޯބީގެ ގުޅުން ނިމުކަމަށް ގެނެސްފިއެވެ.

މިސް ޔުނިވާސްގެ ތާޖު ހާސިލް ކޮށްފައިވާ ބަތަލާ އާއި 15 އަހަރު ހަގު ރޯމަންގެ ލޯބީގެ ގުޅުން ނިމުމަކަށް އައިކަން އިއުލާން ކުރުމަށް އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެގުޅުން ފެށުނީވެސް ރަހުމަތްތެރި ކަމުން ކަމަށާއި، ލޯބީގެ ގުޅުން ކެނޑުނަސް ރަހުމަތްތެރިންގެ ގޮތުގައި ތިބޭނެ ކަމަށެވެ.

އެ ދެ މީހުން ރުޅިވެއްޖެ ކަމަށް މިދިޔަ ހަފުތާގެ ކުރީކޮޅު ބައެއް މީޑިއާތަކުން ވެސް ރިޕޯޓް ކޮށްފައިވެއެވެ.

މި ދެމީހުންނަކީ ވަރަށް ލޯބިން އުޅުން ދެމީހުންނެވެ. ސުޝްމީތާ ދާ ހުރިހާ ތާކުން ކަހަލަ ގޮތަކަށް ރޯމަން ފެންނަމުން ދެއެވެ. އަދި އެ މީހުންގެ އާއިލީ ހަފްލާތަކުންނާއި ފޮޓޯތަކުން ވެސް އޭނާ ފެނެއެވެ.

ލޯބީގެ ގުޅުން ނިމުމަކަށް އައީ ކޮން ސަބަބަކާހުރެ ކަމެއް ސުޝްމިތާ ހާމަކޮށްފައެއް ނުވެއެވެ.

 

View this post on Instagram

 

A post shared by Sushmita Sen (@sushmitasen47)

ސުޝްމިތާ، 46، އާއި ރޯމަން، 31، ލޯބީގެ ގޮތުން ގުޅުނީ 2018 އަހަރުގައި އެވެ. އެގުޅުން ބަދަހިކަމުން ގިނަ ބަޔަކު ބުނަމުން އައީ އެދެމީހުން ވަރަށް އަވަހަށް ކައިވެނި ކުރާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.