ބޮޑުތަކުރުފާނު މަގުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި

ބޮޑުތަކުރުފާނު މަގުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި

Author
އަހުމަދު
06 އޮކްޓޯބަރ 2026 08:28
0

 

މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ކުރާ އެމްޓީސީސީން ބުނީ، މިހާރު ކުރިއަށްދަނީ މަގުގައި ކުރިން އަޅާފައި ހުރި ގައުތައް ނަގާ މަސައްކަތް ކަމަށެވެ. ޕޭވްމަންޓް ހެދުމުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި ފަށާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުން، މާލޭގެ ރައްޔިތުންގެ ދަތުރުފަތުރު ފަސޭހަވެ، ސިޓީގެ މަގުތައް ގުޅިފައިވާ ނިޒާމް ވެސް އިތުރަށް ވަރުގަދަވާނެ ކަމަށް އެމްޓީސީސީން ފާހަގަކުރިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.