މާލޭގައި ބޭރުމަގު ލޯކަލް މާރުކޭޓު ކައިރީގައި ހިނގި އެކްސިޑެންޓެއްގައި ދެ ފިރިހެނަކަށް އަނިޔާވެއްޖެއެވެ.
ހާދިސާގެ މަންޒަރު ދުށް މީހަކު ބުނީ، އަނިޔާވި ދެމީހުންގެ ތެރެއިން އެކަކު ދަރުމަވަންތަ ހޮސްޕިޓަލުގެ އެމްބިއުލާންސްގައި ހޮސްޕިޓަލުގެ އިމަޖެންސީއަށް ގެންގޮސްފައިވާ ކަމަށެވެ. ހާދިސާ ހިނގި ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުން ދިޔަ ކަމަށްވެސް އޭނާ ބުންޏެވެ.
އަނިޔާވި މީހުންގެ ހާލަތާއި، ހާދިސާ ހިނގި ގޮތުގެ ތަފްސީލެއް އަދި ހާމައެއް ނުވެއެވެ. މިފަކަށް އައިސް މާލޭގައި އެކްސިޑެންޓްތައް ހިނގުން ގިނަވެފައިވެއެވެ.
ކޮމެންޓު ފޮނުވާ