އެއް ހަފުތާގައި ސްކޭމްގެ 41 މައްސަލަ، 381،503 ރުފިޔާ އަނބުރާ ހޯދައިފި

އެއް ހަފުތާގައި ސްކޭމްގެ 41 މައްސަލަ، 381،503 ރުފިޔާ އަނބުރާ ހޯދައިފި

Author
އަހުމަދު
06 އޮކްޓޯބަރ 2026 08:26
0

 

ސެޕްޓެންބަރު 27 އިން އޮކްޓޫބަރު 3 އަށް ދިމާވާ ހަފުތާގައި ސްކޭމްގެ 41 މައްސަލައެއް ރިޕޯޓުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ. މި މައްސަލަތަކުގައި ޖުމްލަ 386،611.68 ރުފިޔާ ގެއްލުނު އިރު، އޭގެ ތެރެއިން 381،503 ރުފިޔާ ވަނީ އަނބުރާ ހޯދިފައެވެ.

ރިޕޯޓުކުރެވުނު މައްސަލަތަކުގެ ތެރޭގައި ފައިސާ މާރުކުރުމުގެ 16 މައްސަލަ، އީކޮމާސްއާ ގުޅޭ 14 މައްސަލަ، އިންވެސްޓްމެންޓާ ގުޅޭ 5 މައްސަލަ އަދި އެހެން ބާވަތެއްގެ 1 މައްސަލަ ހިމެނެއެވެ. މި ޢަމަލުތައް ހިންގުމަށް ސްކޭމަރުން ބޭނުންކޮށްފައިވަނީ މެސެޖިން އެޕްތައް، އައިބޭ، ޓިކްޓޮކް، ފޯނު ކޯލު، ފިޝިން ލިންކް އަދި ފޭސްބުކް މާކެޓްޕްލޭސްއެވެ.

ސްކޭމްގައި ގެއްލޭ ފައިސާ އަނބުރާ ހޯދުމުގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީއަކީ ދުނިޔޭގެ މިންގަނޑުން ފާހަގަކޮށްލެވޭ ކުރިއެރުމެއްކަމަށް ފުލުހުން ބުނެއެވެ.

އެންޓި ސްކޭމް ސެންޓަރުން ބުނީ ޓެކްނޮލޮޖީ ކުރިއެރުމާއެކު ސްކޭމްތައް ހިންގާ ގޮތް ބަދަލުވެފައިވާކަމަށާއި، ސްކޭމަރުން މިހާރު އޭއައި ބޭނުންކޮށްގެން ޑީޕްފޭކް ކޮންޓެންޓް އުފައްދަމުން ދާތީ ސަމާލުވާން ޖެހޭކަމަށެވެ.

ޝައްކުކުރެވޭ ލިންކްތަކަށް ފިތާނުލުމަށާއި، އޯޓީޕީ ފަދަ ސިއްރު މައުލޫމާތު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ. ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ 125 އަށް ގުޅައި ރިޕޯޓުކުރުމަށްވެސް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.