ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކުރުމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަޒީރުކަމުގައި ހުންނަވައިގެން ކުރެއްވީ ކޮން ކަމެއްތޯ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ސައީދަށް ސުވާލު ކުރައްވައިފިއެވެ.
ވެރިކަމަށް އަންނަން ބޭނުންނަމަ ރަނގަޅު ސިޔާސަތެއް އެކުލަވާލާ ކެމްޕެއިން ކުރުމަށް އައްޑޫ ސިޓީގެ މޭޔަރު އަދި ކުރީގެ އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޢަލީ ނިޒާރު އިދިކޮޅަށް ގޮވާލުމުން، ސައީދުވަނީ އަލީ ނިޒާރަށް ރައްދު ދެއްވައި ޓުވީޓު ކުރައްވާފައެވެ. ސައީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ މޮޔޮނުގޮވައި ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ރާއްޖެއި ބޭލުމަށް ބާރު އެޅުމަށް ދަންނަވާފައެވެ.
ސައީދުގެ ޓުވީޓާއި ގުޅިގެން އަނެއްކާވެސް އަލީ ނިޒާރުވަނީ ސައީދަަށް ސުވާލުތަކެއް ކުރިމަތި ކުރުވާފައެވެ. ނިޒާރު ވިދާޅުވީ ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބެގެން ކަންބޮޑުވާނަމަ، އެކަން ކުރުމަށް ސައީދުގެ ވަޒީރު ކަމުގައި ކުރެއްވި މަސައްކަތެއް ނުފެންނަ ކަމަށެވެ. އެކަން ރައްޔިތުންނަށް ސައީދު ކިޔައިދޭން ޖެހޭކަމަށެވެ. ޔޫޓީއެފް އެއްބަސްވުމުގައިވެސް އެއްވެސް މައްސަލައެއްވާނަމަ އެކަން ރައްޔިތުންނަށް ސާފުކޮށްދިނުމަށް އަލީ ނިޒާރުވަނީ ސައީދަށް ގޮވާލާފައެވެ.
ޔޫޓީއެފް އެއްބަސް ވުމުގައި ހުރި ގޯސްތައް ރައްޔިތުންނަށް ހުށަހަޅުއްވާ. އަދި އެއެއްބަސްވުމުގައި ހުރި މައްސަލަތައް އެ ރައްޔިތުންނަށް ބުނެނުދެވެވޭ. އިންޑިއާ ސިފައިން މަނިކުފާނުގެ މިނިސްޓަރ ކަމުގަ ބޭރުކުރަން ކޮން ކަމެއްތޯ ކުރެއްވީ؟
– އަލީ ނިޔާޒު ސުވާލު އުފެއްދެވިއެވެ.
UTF ebbas vumuga huri gose rayyithun nah husha alhuvvaa. Adhi eh e ebbas vumugai huri massala eh rayyithun nah bune nudhevey. India sifain manikfaanuge minister kamuga beyrukuran kon kamei tho kurevvee. ? https://t.co/qUp9eIUaLo
— Ali Nizar (@DhekunuNizar) December 18, 2021
ރާއްޖޭގައި ތިބި އިންޑިއާ ސިފާއިން ބޭލުމަށް ގޮވާލައި، އިދިކޮޅު ލީޑަރު ރައީސް ޔާމީނާއިއެކު ވަރުގަދަ ހަރަކާތްތަކެއް ވަނީ ވަނީ މުޅި ރާއްޖޭގައި ފަށާފައެވެ.
ރައީސް ޔާމީން އިސްނަންގަވައިގެން ކުރިއަށްގެންދާ އިންޑިއާ އައުޓް ހަރަކާތް ވެފައިމިހާރު ވަނީ ޤައުމީ ހަރަކާތަށެވެ. މި ހަރަކާތުގައި ބައިވެރިވާ މީހުންގެ ޢަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އަދި މި ހަރަކާތުގެ ޚަބަރުތައް ބޭރުގެ ބައެއް މީޑިއާތަކުންވެސް ފަހަކަށް އައިސް ދަނީ ރިޕޯޓްކުރަމުންނެވެ.
އިންޑިއާ އައުޓް ކެމްޕެއިން ހިންގުމުގައި އުޅުއްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ މިހަރަކާތަކީ ދެން ހުއްޓުވޭނެ ހަރަކާތެއް ނޫންކަމަށެވެ. ދިވެހި އެތައް ރައްޔިތުން މިހަރަކާތާއި ގުޅި އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖެއިން ބޭލުމަށް ހިންގާ ހަރަކާތަކީ މަދު ބަޔަކު ހިންގާ ހަރަކާތެއްކަމަށް ބުނި ނަމަވެސް މިހާރު މިއީ ކިހާ ބަޔަކު ހިންގާ ކިހާބޮޑު ހަރަކާތެއްކަން ސަރުކާރަށް އެނގޭނެކަމަށެވެ.
ކޮމެންޓު ފޮނުވާ