ރާއްޖެ ދަތުރުކުރަމުން މިދަނީ ކަޅުވިލާގަނޑަކާ ދިމާލަށް: ޒައިދު

ރާއްޖެ ދަތުރުކުރަމުން މިދަނީ ކަޅުވިލާގަނޑަކާ ދިމާލަށް: ޒައިދު

Author
މުޙައްމަދު ޝަޒައިމް
08 ޑިސެމްބަރ 2021 08:38
0

ރާއްޖެ މިއަދު ދަތުރުކުރަމުން މިދަނީ ކަޅުވިލާގަނޑަކާ ދިމާލަށް ކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިފަދައިން ވިދާޅުވީ ފަހަކަށް އައިސް ރާއްޖޭގައި އިސްލާމްދީނާއި ދެކޮޅަށް ކުރެވޭ ކަންކަމާއި، ދީނާއި ޚިލާފަށް ކުރެވޭ ކަންކަން އިތުރުވެ އާންމު ވަމުންދާތީ ގިނަ ބަޔަކު އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންދާ ދަނޑިވަޅެއްގައެވެ. ރާއްޖޭގައި ދިރިއުޅޭ ބޭރު މީހުންނާއި، ދިވެހިންގެ ފަރާތުންވެސް ދީނާއި ޚިލާފް ކަންތައްތައް ކުރުން އާންމުވެ، ދީނަށް އިހާނެތި ގޮތްތަކަށް އަމަލު ކުރަމުންދާކަމީ ނުހަނު ހިތާމަ ކުރައްވާ ކަމެއްކަމަށް ޒައިދު ވިދާޅުވިއެވެ.

މާތް ވެގެންވާ އިސްލާމްދީނާއި، ދީނުގެ ޝިއާރުތައް ބަލިކަށިވާ ގޮތަށް ރާއްޖޭގައި ހިންގަމުންދާ ކަންކަން ހުއްޓުވުމަކީ މިއަދު ދިވެހި ހުރިހާ ރައްޔިތުންގެ ޒިންމާއެއްކަމަށް ޒައިދު ވިދާޅުވިއެވެ. މިއަދު ރާއްޖެ ދަތުރު ކުރަމުންދަނީ ކަޅު ވިލާގަނޑަކާއި ދިމާލަށް ކަމަށާއި، މިމިސްރާބު މިނޫން ގޮތަކަށް ބަދަލު ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކޮށް އިސްލާމް ދީނަށް ކުރެވޭ ފުރައްސާރައާއި، އިހާނެތި ކަންކަން ހުއްޓުވަންޖެހޭކަމަށް ޒައިދު ވިދާޅުވިއެވެ.

ދީނުގެ ޝިޢާރުތަކަށް ތަކުރާރުކޮށް ދޭސީންނާއި ބިދޭސީންގެ ފަރާތުން އިހާނެތި ކަންތައްތައް ދިމާވާލެއް އިތުރުވެއްޖެ! މިކަމްކަމަށް އެކަށީގެންވާ ފިޔަވަޅު އެޅުން ވަރަށް މުހިންމު! ރާއްޖެ ދަތުރުކުރަމުން މިދަނީ ކަޅުވިލާގަނޑަކާ ދިމާލަށް! މިކަން ޙައްލު ކުުރުމަކީ ދިވެހި ހުރިހާ އަފްރާދުންގެ ޒިންމާއެއް!

– ޒައިދު ވިދާޅުވިއެވެ.

ޒައިދު މިފަދައިން ވިދާޅުވެފައިވާއިރު، އިއްޔެވެސް ގއ.ކޮނޑޭ ސްކޫލުގައި ކިޔަވައި ދެމުންދާ އިންޑިއާ ޓީޗަރަކު، ކީރިތި ޤުރުއާން ބިންމައްޗަށް އެއްލާލި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. ނަމަވެސް ފަހުން އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ އޭނާ އެއްލާލީ އިސްލާމްފޮތާއި، ހިސާބު ފޮތްކަމަށެވެ. މީގެ ކުރިންވެސް ތަކުރާރުކޮށް ރާއްޖޭގައި އުޅޭ ބައެއް ބިދޭސީންގެ ފަރާތުން ދީނާއި ޚިލާފް ކަންކަން ކުރަމުންދާކަން ފާހަގަވެފައިވެއެވެ.

ސަރުކާރުން މިފަދަ ކަންކަމުގައި ވަރަށް ދޯދިޔާކޮށް އަމަލު ކުރަމުންދާތީ ގިނަ ބައެއްގެ ފާޑުކިޔުންވަނީ ސަރުކާރަށް އަމާޒުވެފައެވެ. ޚާއްސަކޮށް ދީނީ އިލްމުވެރިން ގެންދަވަނީ އިސްލާމީ ވަހުދަތު ނަގަހައްޓައި، ދީނަށް އިހާނެތިކޮށް ކުރެވޭ އެންމެހައި ކަންކަން ހުއްޓުވުމަށް ކެނޑިނޭޅި ސަރުކާރަށް ގޮވާލަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަވާމެނދުރު
ކަޅުވިލާގަޑުން ބައެތްވަނީ ރާޖޭންބައެތް ވަނީ މިހާރުވެސް ފޮރުވިފަ
ޢ ޢަބުދުﷲމާހިރު
ފޮތް ތައް އުކާލައި އެޢްލާލުމަކީ ދަރިވަރުންނަށް ދެއްކި ރީތި ނަމޫނާ ކަމަށް މިނިސްޓަރ ދުށުމަކީވެސް އިސްލާމް ދީނަށް ކުރި ީފުރައްސާރައެއް. ޢަޚުލާގަކީ އިސްލާމް ދީނުގެ މުހިންމު އެއްބައި! ޓިޗަރަކު ނުކުރާނެ ހުތުރު ޢަމަލެއް ކުރި ތި މީހާ މި މުސްލިމް ގައުމުން އަވަހަށް ބޭރުކުރޭ!
ހ ހެޔޮފާލު
ދީނީޢިލްމްް ވެރިއަކުު ވަޒީފާގައިި ހުރެތިފަދަމޭރުމަކުންް ވާހަކަދައްކަވައިފިނަމަަ އޭގެމާނައަކައްވާނީީ ތިބޭފުޅުންނައްވެސްް ފޮރުވައިގެންް ނުތިބެވޭވަރައްް ކަންތައްްތައްް ބޮއްސުންލައިި ހިނގަައްޖޭޭތިއީވެސްް ހެޔޮފާލެއް