ދަރަނބޫދޫ ބަނދަރުގެ މަސައްކަތް ނިމުމަކާއި ގާތަށް

ދަރަނބޫދޫ ބަނދަރުގެ މަސައްކަތް ނިމުމަކާއި ގާތަށް

Author
މުޙައްމަދު ޝަޒައިމް
07 ޑިސެމްބަރ 2021 09:11
0

ފ.ދަރަނބޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ނިމުމަކާއި ގާތަށް ގޮސްފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ދަރަނބޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 88 ޕަސެންޓް ނިމިފައިވާކަމަށެވެ. ބަނދަރުގެ ބްރިޖް އެޅުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައިވާއިރު، ބޭރުތޮށި ލުމުގެ މަސައްކަތުގެ 83 ޕަސެންޓް ވަނީ ނިމިފައި ވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މި މަޝްރޫޢުގެ ދަށުން، 46,600 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 253 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 410 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 64 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 2500 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 40.2 މިލިއަން ރުފިޔާގެ މަޝްރޫޢެއް.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.