އިޓަލީގައި ކޯވިޑް ވެކްސިން ނުޖަހާ މީހުންނަށް ހަރުކަށި އުސޫލުތަކެއް

އިޓަލީގައި ކޯވިޑް ވެކްސިން ނުޖަހާ މީހުންނަށް ހަރުކަށި އުސޫލުތަކެއް

Author
ހުސެއިން
06 ޑިސެމްބަރ 2021 07:02
0

ކޯވިޑް ވެކްސިން ނުޖަހާ ތިބޭ މީހުންނަށް ތިއޭޓަރުތަކަށާއި، ސިނެމާ ތަކަށާއި، ލައިވް މިއުޒިކް ކުޅޭ ތަންތަނަށާއި، އަދި އޭގެ އިތުރުން ކުޅިވަރު ކުޅޭ މައިގަޑު ތަންތަނަށް، މި ހަފްތާގެ ހޯމަ ދުވަހުން ފެށިގެން ނުވަދެވޭގޮތަށް އިޓަލީގައި ހަމަޖައްސައިފިއެވެ.

މީ އުސޫލުތަކުން އިސްތިސްނާ ވާނީ، ފަހުން ކޯވިޑް ޖެހި ރަގަޅުވެފައި ތިބޭ ފަރާތްތައް އެކަނި ކަމުގައިވެސް އިޓަލީގެ ކަމާބެހޭ މުވައްސަސާތަކުން ވަނީ ހާމަކޮށްފައެވެ. ކޯވިޑްގެ ނުރައްކާތެރިކަން އަލުން ބޮޑުވަމުންދާއިރު، އިޓަލީގައި އަމަލް ކުރަން ފަށާ މި ފިޔަވަޅުތަކަކީ، ކޯވިޑާ ދެކޮޅު ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅު ތަކެކެވެ.

އަދި މީގެ އިތުތުން، އިޓަލީ އާންމު ދަތުރު ފަތުރު ކުރުމުގައިވެސް މިހާރުވަނީ އާއުސޫލުތަކަށް އަމަލް ކުރަން ފަށާފައެވެ. މީގެތެރޭގައި ހިމެނެނީ، ވެކްސިން ޖަހާފައިވާކަން އަންގާ ދިނުމުގެ ގޮތުން ގްރީން ފާސް ބޭނުން ކުރުމާއި، ދާދިފަހުން ކޯވިޑުން ރަގަޅުވެފައިވާ ކަން އެންގުމާއި، ކޯވިޑް19ގެ ނެގެޓިވް ޓެސްޓް އާންމު ދަތުރުތަކުގައިވެސް ބޭނުން ކުރަން ފެށުމެވެ.

އިޓަލީގެ ރަސްމީ ފަރާތްތަކުން ހާމަ ކޮށްފައިވާ ގޮތުގައި، މި އުސޫލުތަކަށް އަމަލް ކުރަން ފެށުމުގެ ކުރިން، އާދިއްތަ ދުވަހު އެކަނިވެސް 1.3 މިލިއަން ގްރީން ފާސްވަނީ ޑްއުން ލޯޑު ކޮށްފައެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އިޓަލީ ހިމެނިގެން ދިޔައީ 2020ގައި އެންމެ ފުރަތަމައަށް ކޯވިޑްގެ ނުރައްކާތެރިކަމާއި ކުރިމަތި ލާންޖެހުނު ގައުމެވެ. އަދި އެ ގައުމަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން މި ބަލީގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައިވާ ގައުމުވެސްމެއެވެ. އިޓަލީގައި މިހާތަށް ކޯވިޑް ބަލީގައި 134,000 މީހުންވަނީ މަރުވެފައެވެ.

އިޓަލީގެ 12 އަހަރުން މަތީ އާބާދީގެ %85 މީހުންނަށް މިހާރުވަނީ ވެކްސިން ޖަހާ ނިންމާފައެވެ. އަދި އެގައުމުގައި މިހާރު ދަނީ އާބާދީއަށް ބޫސްޓަރ ޑޯޒް ޖަހަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.