އިންޑޮނޭޝިއާގެ އަލިފާން ފަރުބަދައެއް ގޮވާ 13 މީހުން މަރުވެއްޖެ

އިންޑޮނޭޝިއާގެ އަލިފާން ފަރުބަދައެއް ގޮވާ 13 މީހުން މަރުވެއްޖެ

Author
ހުސެއިން
05 ޑިސެމްބަރ 2021 11:18
0

އިންޑޮނޭޝިއާގެ ސެމެރު އަލިފާން ފަރުބަދަ ގޮވާ 13 މީހަކު މަރުވެއްޖެއެވެ. އަދި އޮފޮޝަލުން ހާމަ ކޮށްފައިވާ ގޮތުގައި މީހުން ސަލާމަތ ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުން ދަނީ، ފަރުބަދައިން ފޭބި އަޅިތަކުގެ ދަށުވެފައިވާ 10 މީހަކު މިހާތަނަށް ސަލާމަތް ކޮށްފައެވެ.

އިންޑޮނޭޝިއާގެ ޑިސާސްޓަރ މިޓިގޭޝަން އެޖެންސީ (BNPB)ގެ ތަރުޖަމާން އާދީއްތަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފަރުބަދަ ގޮވުމުގެ ސަބަބުން މަރުވެފައިވާ 13 މީހުންގެ ތެރެއިން ދެމީހުންނަކީ ކޮން ބައެއްކަން މިހާރުވަނީ ވަކި ކުރެވިފައެވެ.

ތަރުޖަމާ އަބުދުލް މުހަރީ ވިދާޅުވެފައިވާ ގޮތުގައި ފަރުބަދަ ގޮވުމުގެ ހާދިސާގައި 98 މީހަކަށް ވަނީ އަނިޔާ ވެފައެވެ. މީގެ ތެރޭގައި މާބަނޑު ދެ އަންހެނަކު ހިމެނޭއިރު، ޖާވާ ޕްރިވިންސްގެ އިރުން ހުންނަ ސެމެރު އަލިފާން ފަރުބަދަ ވަށައިގެންވާ ވިލެޖްތަކުން މިހާތަނަށް 902 މީހުން ދުރު ހިސާބުތަކަށް މިހާރު ބަދަލު ކުރެވިފައި ވާކަމުގައެވެ.

އިންޑޮނޭޝިއާގެ އެންމެ ބައިބޯ އެއް ސިޓީކަމުގައިވާ ޖާވާ އައިލޭންޑުގައި ހުންނަ މި އަލިފާން ފަރުބަދަ ގޮވާ، ފަރުބަދައިން ފޭބި އަލިފާން އަޅި ޖަވުގެ 12 ކިލޯ މީޓަރު މައްޗަށް އަރައިގެން ގޮސްފައި ވެއެވެ.

އަދި ލާވާ (އަލިފާން ހިލަ) އާއި ގޭސް ވަނީ ފަރުބަދައިން ތިރިއަށް ފައިބާ ކައިރި ހިސާބުތަކަށް ފެތިރިގެން ގޮސްފައެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ޖާވާގެ އިރުން އޮންނަ އަވަށެއް ކަމުގައިވާ ލުމާޖަންގ ޑިސްޓްރިކްޓްގެ އެތައް ވިލެޖެއްވަނީ އަޅިން ފޮރުވިފައެވެ.

އަލިފާން ފަރުބަދައިން އެރި އަޅުތަކުންވަނީ ވިލެޖްތައް ފޮރުވިފަ

އިންޑޮނޭޝިއާގެ ލޮޖިސްޓިކަލް ސާވޭ ސެންޓަރުގެ ވެރިޔާ އެކޯ ބުޑި ލެލޯނޯ ވިދާޅުވެފައިވަނީ، މި ފަރުބަދަ ކުއްލިއަކަށް ގޮވާފައިވަނީ، އެތައް ދުވަހެއްވަންދެން ވާރޭ ވެހުމާއި އަދި ބާރަށް ގުގުރާ ހެދުމުގެ ސަބަބުން ކަމުގައެވެ.

އިންޑޮނޭޝިއާގެ ޑިސާސްޓަރ މިޓިގޭޝަން އެޖެންސީ (BNPB) އިންވަނީ ރައްޔިތުން ފަރުބަދައިގެ އަގަމައްޗާއި 5 ކިލޯމީޓަރު ދުރުގައި ތިބުމަށް އިލްތާސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.