ބަޖެޓަށް ބަހުސްކުރި މެންބަރުންގެ ވާހަކަތައް ވައްތަރީ އަޅަކު ސާޙިބު މީހާއަށް ހުޝާމަދުކުރުމާ: ޒަރިޔަންދު

ބަޖެޓަށް ބަހުސްކުރި މެންބަރުންގެ ވާހަކަތައް ވައްތަރީ އަޅަކު ސާޙިބު މީހާއަށް ހުޝާމަދުކުރުމާ: ޒަރިޔަންދު

Author
މުޙައްމަދު ޖިމީ
20 ނޮވެމްބަރ 2021 10:16
0

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބަޖެޓަށް ތާޢީދުކޮށް ވާހަކަދެއްކި މެންބަރުންގެ ވާހަކަތައް ބޮޑަށް ވައްތަރީ އަޅަކު ސާޙިބު މީހާއަށް ހުޝާމަދުކުރުމާކަމަށް ވިދާޅުވެ ނެޝަނަލް ޓެންޑާ ބޯޑުގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ފާޑުވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން އާދީއްތަ ދުވަހު ހުށައަޅަފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓު ބަހުސް މިހާރު މަޖިލީހުގެ ތަޅުމުން ނިންމާ ކޮމިޓީންވެސް ދިރާސާކޮށް ވަނީ ނިންމާލާފައެވެ. ބަޖެޓަށް ބަހުސްކުރެއްވި ސަރުކާރަށް ތަޢީދުކުރާ މެންބަރުން ވަނީ ބަޖެޓަށް ވަރަށް ބޮޑަށް ތަޢީދުކޮށް ވާހަކަ ދައްކަވާފައެވެ. ބަޖެޓް ބަހުސްގައި ވާހަކަދެއްކެވި ސަރުކާރަށް ނިސްބަތްވާ އެމްޑީޕީ މެމްބަރުން ވިދާޅުވީ މިބަޖެޓަކީ ރައްޔިތުންނަށް އުންމީދު ގެނުވާނެ ބަޖެޓެއްކަމަށެވެ. ޚާއްސަކޮށް ބަޖެޓުން ފެނިގެދަނީ، ކޯވިޑް-19އާ ގުޅިގެން ދިމާވި އިޤްތިޞާދީ ހާލަތުން އަރައިގަތުމަށާއި، ކޯވިޑްގައި ދަތިހާލަތު ކުރިމަތިވި ފަރާތްތަކަށް އިތުރު މާލީ އަދި އިޤްތިޞާދީ ނަފާ ލިބިގެންދާ ފަދަ އުންމީދީ މަންޒަރުތަކެއް ކަމަށެވެ.

ސަރުކާރު މެންބަރުންގެ ވާހަކަތަކަށް ފާޑުވިދާޅުވެ ޒަރިޔަންދު ވިދާޅުވީ، މަޖިލިސްގެ ބަޖެޓް ސްޕީޗްގެ ރެކޯޑިންގް ތައް އަޑުއަހާފައިވާކަމަށާއި، ގިނަ މެންބަރުން ބަޖެޓް ބެއްލެވިހެން ހީފުޅުނުވާކަމަށެވެ. ބައެއް އިއްޒަތްތެރި މެމްބަރުންގެ ވާހަކަ ބޮޑަށް ވައްތަރުވަނީ އަޅަކު ސާޙިބު މީހާއަށް ހުޝާމަދުކުރުމާކަމަށާއި، ޒިންމާދާރުކަންކުޑަ ދަރަނިވެރިކަމަކީ ފޮނިއަނގައަކުން ފިލާނޭ ކަމެއްނޫންކަމަށްވެސް ޒަރިޔަންދު ވިދާޅުވިއެވެ.

ޒަރިޔަންދު ބަޖެޓަށާއި، ސަރުކާރުގެ ބައެއް މެންބަރުންނަށް ފާޑުވިދާޅުވެފައިވާއިރު، އޭނާއަކީ މާލީ ދާއިރާގެ މާހިރެކެވެ. ރާއްޖޭގައި ވަރަށް ގިނަ ބަޖެޓުތައް ތައްޔާރުކުރުމުގައި އޭނާގެ ދައުރު އޮތްކަން ފާހަގަކޮށްލެވެއެވެ.

ބަޖެޓް ބަޙުސްގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވަނީ ބަޖެޓުން އެއްވެސް ތަފާތު ކުރުމެއްނެތި ރަށްރަށަށް ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވާކަމަށެވެ.އަދި ބަޖެޓުގައި ޢާމްދަނީ އިތުރުކޮށް ފަހި ގޮތްތަކެއް ޙާސިލްކުރުމަށް ގިނަ ކަންތައްތަކެއް ބަޖެޓުގައި ހިމަނާފައިވާކަމަށްވެސް މެންބަރުން ވިދާޅުވިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

W Waail
މިދެން ހިތުން މާމޮޅު މީހެއް. ވަރަށް ދެއްކޭން އުޅޭނެ. ޙާދަ ފޫސެއް ވާ މީހާ ގަނޑެކޭ
ޙ ޙައު
އެއްކަލަ ކުޅިބެ ހާވައި ގަތީ އޭ. މީދެން ސިޔާސީ ގޮތުން ކުފޫވެސް ހަމަވާ އެއްޗެއް ނޫން. ދޭތެރެއަކުން އެޓެންޝަން ހޯދަން ހެޑް ލައިނއަކަށް ހާވައި ގަންނާމެ. ޢެޓެންޝަން ސީކަރ