ޖަޕާނަށް އެތެރެވުމުގެ ހުއްދަދޭ މީހުންގެ އަދަދު ދުވާލަކަށް 3،500 އިން 5،000އަށް އިތުރުކުރަން ނިންމައިފި

ޖަޕާނަށް އެތެރެވުމުގެ ހުއްދަދޭ މީހުންގެ އަދަދު ދުވާލަކަށް 3،500 އިން 5،000އަށް އިތުރުކުރަން ނިންމައިފި

Author
ހުސެއިން
18 ނޮވެމްބަރ 2021 04:29
0

ނޮވެމްބަރު މަހުގެ 26ވަނަ ދުވަހުން ފެށިގެން ޖަޕާނަށް އެތެރެވުމުގެ ހުއްދަ ދޭ މީހުންގެ އަދަދު 3،500 5،000 އަށް އިތުރު ކުރުމަށް ނިންމާފައިވާކަން ބުރާސްފަަތު ދުވަހު ޖަޕާނުން ހާމަ ކޮށްފިއެވެ. މިއީ ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު ޖަޕާނުގައި ދަށްވެފައި ވަނިކޮށް، ކޯވިޑުން ރައްކާތެރި ވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އިތުރަށް ލުއި ދިނުމުގެ ގޮތުން ޖަޕާނުން އަޅާ ފިޔަވަޅެކެވެ.

"އަހަރެމެން ދިޔައީ، ޖަޕާނަށް އެބުރި އަންނަ ޖަޕާނުގެ ރައްޔިތުންނާއި އަދި އޭގެ އިތުރުން ގައުމުން ބޭރުގެ މީހުންވެސް ހިމެނޭ ގޮތުން، ޖަޕާނަށް އެތެރެވުމު ފުރުސަތު ދުވާކަލަށް 3،500 މީހުންނަށް ދެމުން،" ޗީފް ކެބިނެޓް ސެކެޓްރީ ހިރޮކުޒާ މަޓްސޫނޯ ނޫސްވެރިންގެ ބައްދަލު ވުމެއްގައި ވިދާޅުވެފައި ވެއެވެ.

"އެހެންނަމަވެސް މިހާރު މިވަނީ މި ނިންމުން އަލުން މުރާޖައާ ކޮށްފަ،" ޖަޕާނުގައި ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރެވިފައި ވާތީއާއި އަދި ޕޮޒިޓިވް ވަމުންދާ މީހުންގެ އަދަދުވެސް ދަށަށް ދަމުންދާތީ ކޯވިޑާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމަފައިވާކަން ހާމަ ކުރައްވަމުން އޭނާ އިތުރަށް ވިދާޅުވިއެވެ.

މި ނޮވެމްބަރު މަހުގެ ކުރީކޮޅު ޖަޕާން ސަރުކާރުންވަނީ އެގައުމަށް ގައުމުން ބޭރުގެ މީހުންނަށް ވަނުމުގެ ފުރުސަތު އެތައް ދުވަހަކަށް ފަހު ދީފައެވެ. މީގެތެރޭގައި ޖަޕާނުގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި ކިޔަވާކުދިންވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.