ސްޕޯޓްސް ފިޝިންއަށާއި ވަދުދަމާ މަސްވެރިންނަށް ޚާއްޞަކޮށްގެން އެޅި ބޮއި ގެއްލުނު ވަޒީރަކު ލައްވައި، ހުޅުމާލޭގައި ރައީސް ޔާމީން ތަރައްޤި ކޮށްދެއްވި ފެންއަރުވާ ވަޑާން ހުޅުވައި ދެއްވީ، ރައީސުލްޖުމްހޫރިއްޔާ އެތަން ހުޅުވަން ލަދުން ކަމުގައި ހުޅުމާލޭ ކައުންސިލަރު ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާ މިހެން ވިދާޅުވީ ރައީސް ޔާމީންގެެ ވެރިކަމުގައި ތަރައްޤީ ކުރި ފެން އަރުވާ ވަޑާން ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިނުގަތުުމުން އެކަމަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ. އެނާ ވިދާޅުވީ މާލެ ސަރަހައްދުގައި ދިރިއުޅޭ ކުޑަކުދިންނާއި، ބޮޑެތި މީހުންނަށްވެސް ހިތްހަމަ ޖެހުން ގެނެސްދޭގޮތަށް ހަދާފައިވާ ހިތްގައިމު ފެންވަރުވާ ވަޑާމަކީ، ރައީސް ޔާމީންގެ ދުރުވިސްނޭ ސިޔާސަތުގެ ދަށުން ބިނާކޮށްދެއްވި ތަނެއްކަމަށެވެ.
އެކަމަށްޓަކައި ހުޅުމާލޭގެ ހުރިހާ ރައްޔިތުންގެ ނަމުގައި ޝުޖާ ވަނީ ރައީސް ޔާމީނަށް ޝުކުރު އަދާ ކުރައްވާފައެވެ. މިސަރުކާރަކީ މިފަދަ ކަންކަން ވިސްނުމަށްވެސް އަންނަފަދަ ގާބިލްކަން ހުރި ސަރުކާރެއް ނޫންކަމަށާއި، ތަރައްޤީ ކުރެވޭނީ އެވަރުގެ ވިސްނުމާއި، ތަސައްވަރު ހުންނަވާ ބޭފުޅުންނަށް ކަމުގައި ޝުޖާ ވިދާޅުވިއެވެ.
މިއީ ރައީސް ޔާމީން ހުޅުމާލޭގެ ތުއްތުކުދިންނާއި އާއިލާތަކަށް ދެއްވި ލޯބި ހަދިޔާއެއް. ހުޅުމާލޭގެ ލޮބުވެތި ރައްޔިތުންގެ ނަމުގައި ރައީސް ޔާމީން އަށް އަޅުގަނޑު ޝުކުރު ދަންނަވަން. މިސަރުކާރުގެ ވިސްނުމަށްވެސް މިފަދަ ކަންކަން ނާންނާނެ. ރައީސް ސޯލިހު މިތަން ހުޅުވަން ވަޑައި ނުގެންނެވީ ލަދުން. މަސްވެރިކަމަށް އެޅި ބޮއެ ވީތަނެއް ނޭގިގެން އުޅޭ ވަޒީރެއްލައްވާ ރައީސް ޔާމީންގެ މަޝްރޫޢުތައް މިހުޅުވަނީ.
– ޝުޖާ ވިދާޅުވިއެވެ.
މިއީ ރައީސް ޔާމީން ހުޅުމާލޭގެ ތުއްތުކުދިންނާއި އާއިލާތަކަށް ދެއްވި ލޯބި ހަދިޔާއެއް.ހުޅުމާލޭގެ ލޮބުވެތި ރައްޔިތުންގެ ނަމުގައި ރައީސް ޔާމީން އަށް އަޅުގަނޑު ޝުކުރު ދަންނަވަން.މިސަރުކާރުގެ ވިސްނުމަށްވެސް މިފަދަ ކަންކަން ނާންނާނެ.ރައީސް ސޯލިހު މިތަން ހުޅުވަން ވަޑައި ނުގެންނެވީ ލަދުން. pic.twitter.com/Biebhf08jl
— Ibrahim Shujau (@IbrahimShujaau) November 13, 2021
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވީ މިފަދަ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން ތަރައްޤީ ކުރާ ތަންތަންކަމަށާއި މިއި ރައްޔިތުންނަށް ހިތްފަސޭހަ ވގުތުތަކެއް ހޭދަކުރުމަށް ތަރައްޤީ ކުރާ ތަންތަންކަމަށެވެ. މިނިސްޓަރ ވަނީ ބޮޑު ހޭދައެއްކޮށްފައި ތަރައްޤީކުރާ މިފަދަ ތަންތަން ދާއިމަށް ބެހެއްޓުމަށްޓަކައި މިތަންތަން ރައްކާތެރިކޮށް ބެލެހެއްޓުމަކީ ރައްޔުތުންގެވެސް ޒިންމާއެއްކަން ފާހަގަކުރައްވާފައެވެ.
ފެންއަރުވާ ވަޑާމުގެ ދެފަޅިން ބަޔެއް ހުޅުވާލައި ކުޑަކުދިންނަށް ފެންގަނޑު ކައިރިއަށް ގޮސް ކުޅެވޭނެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. އަދި ފެން އަރުވާ ވަޑާމުގެ މެދުގައި ފާލަމެއް ހަދައި އެތަނުން، މަންޒަރު ބެލޭނެ ގޮތަށް ވެސް ވަނީ ހަމަޖައްސާފައެވެ. ތުރުކީ ކުންފުންޏަކާ ހަވާލުކޮށްގެން ބިނާކުރި މިތަން ކޮންމެ ރެޔަކު ވެސް އޮޕަރޭޓްކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
ކޮމެންޓު ފޮނުވާ