އަންހެހުންނަށާއި އަދި ފިރިހެނުންނަށްވެސް ބޭނުންކުރެވޭ، ދުނިޔޭގެ ފުރަތަމަ ދެޖިންސުގެ ކޮންޑޮމް އީޖާދު ކޮށްފިކަމަށް، މެލޭޝިއާގެ އަންޖެހުންގެ ބަލިތަކާބެހޭ ޑޮކްޓަރަކު ބުނެފިއެވެ. އަދި މި ކޮންޑޮމް ތައްޔާރު ކޮށްފައިވަނީ، ތަންތަން ކެޑުމުން ބޭސްއެޅުމަށް ބޭނުން ކޮށްއުޅޭ، ބޭސްވެރިކަމުގައި ބޭނުންކުރާ މެޓީރިއަލްއެއް ބޭނުން ކޮށްގެން ކަމުގައިވެސް އޭނާ ބުނެފައި ވެއެވެ.
މި ކޮންޑޮމް އީޖާދުކުރި ޑޮކްޓަރު އުއްމީދު ކުރައްވަނީ، "ވޮންޑަރލީފް ޔުނިސެކްސް ކޮންޑޮމް"ގެ ނަމުން ނަންދެވިފައިވާ މި ކޮންޑޮމްއިން ގިނަ ފަރާތްތަކަކަށް، އެމީހަކު ނިސްބަތްވާ ޖިންސަކަށް ބަރޯސާވުމެއްނެތި، ޖިންސީގޮތުން ރައްކާތެރި ސިއްޙަތެއް ފޯރުކޮށް ދިނުމުގެ ފުރުސަރު އިތުރު ކޮށްދޭނެ ކަމުގައެވެ.
"މިއީ ހަމަ އާންމު ކޮންޑޮމެއް، މީގައި އިތުރަށް މިވަނީ ތަތްލަވާ ވައްތަރުގެ އިތުރު ކަވަރެއް ލެވިފައި،" މެލޭޝިއާގެ ބޭސްވެރިކަމާ ގުޅޭތަކެތި ސަޕްލައި ކޮށްދޭ ކުންފުންޏެއް ކަމުގައިވާ ޓުވިން ކެޓަލިސްޓުގައި މަސައްކަޔް ކުރާ، އަންހެނުންގެ ބަލިތަކާބެހޭ ޑޮކްޓަރު ޖޯން ޓަންގ އިންގ ޗިންހ ވިދާޅުވެފައި ވެއެވެ.
"މިއީ ދެޖިންސުގެ މީހުންގެ ޖިންސީ ގުނަވަނުގައިވެސް ފަސޭހައިން ތަތްކުރެވޭ ޒާރުގެ ކަވަރެ ލާފަ ތައްޔާރު ކުރެވިފައިވާ ކޮންޑޮމެއް، އަދި ކޮންޑޮމް ތައްޔާރު ކުރެވިފައިވަނީ، އިތުރު ރައްކާތެރި ކަމަށްޓަކާ އިތުރު ކަވަރެއްގެވެސް ބޭނުން ކޮށްގެން،" ޓަންގ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ތަންކުރެވޭ ޒާތުގެ ކަވަރު ބޭނުން ކޮށްފައިވަނީ، ކޮންޑޮމްގެ އެއްފަރާތުގައެވެ. މާނައަކީ، ކޮންޑޮމް އެއްފުށުން އަނެއްފުށަށް ޖަހައިގެން ކޮންމެ ޖިންސަކަށްވެސް ބޭނުން ކުރެވިދާނެއެވެ.
ވޮންޑަރލީފް ކޮންޑޮމް ފޮއްޓެއްގައި އޮންނަނީ ދެ ކޮންޑޮމްއެވެ. އަދި ފޮއްޓެއްގެ އަގަކީ 14.99 ރިންގިޓް (3.61 ޑޮލަރު)އެވެ. މެލޭޝިއާގައި ޑަޒަނެއްގެ ކޮންޑޮމް ލިބެނީ 20-40 ރިންގިޓާ ދެމެދުގެ އަގަކަށެވެ.
ޓަންގް މި ކޮންޑޮމް ތައްޔާރު ކޮށްފައިވަނީ، ޕޮލީޔޫރިތޭން ނަމަކަށް ކިޔާ މެޓީރިއަލްއެއް ބޭނުން ކޮށްގެންނެވެ. މި މެޓީރިއަލްއަކީ، ކަނޑައިގެންދާ ތަންތަނުގައި އަޅަން، ދެފުށް ފެންނަ ގޮތައް ތައްޔާރު ކޮށްފައި ހުންނަ މެޓީރިއަލްއެކެވެ. އަދި މިއީ، ފަސޭހައިން ދެމޭ، އަދި ފެންނުވަންނަ އެހެންނަމަވެސް ވަރުގަދަ މެޓީރިއަލްއެކެވެ.
"މި މެޓީރިއަލް ފާރުތަކުގައި ބޭނުން ކޮށްފައި ހުންނައިރު، ބޭނުންކުރާކަމުގެ އިހުސާސެއް ނުވެސް ކުރެވޭނެ،" އޭނާ ވިދާޅުވެފައި ވެއެވެ.
ޓަންގ ވިދާޅުވި ގޮތުގައި ވޮންޑަރލީފް ތައްޔާރު ކޮށްފައިވަނީ، އެތައް ފަހަރަކަށް ކުލިނިކަލް ރިސާޗް ހެދުމަށްފަހު، އަދި އެތައްފަހަރަކު ޓެސްޓުވެސް ކުރުމަށްފަހުއެވެ. އަދި ކުންފުނީގެ ވެބްސައިޓުން އަންނަ ޑިސެމްބަރު މަހުންފެށިގެން މި ކޮންޑޮމް ގަންނަން ލިބެން ހުންނާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
"އަހަރެމެން ހަދާފައިވާ އެތައް ކުލިނިކަލް ޓަރައަލްތަކުން، ވަރަށް ފުރިހަމަ ޔަގީންކަމެއް އެބައޮތް، މިއީ ދޭތެރެ ދުރުކުރުމަށް ވަރަށް ބޮޑު އެހީތެރިކަމަށް ވެގެންދާނެ ކަމުގެ، އަދި ދެމަފިރިން ބޭނުންވެގެން ދަރިން ހޯދުމަށް އެހީތެރި ވެދިނުމުގެ އިތުރުން، މިއީ ޖިންސީ ގުޅުމުން އަރާބަލިތަކުންވެސް ރައްކާތެރި ކޮށްދޭނެ ވަސީލަތަކަށް ވެގެންދާނެ،" އޭނާ ވިދާޅުވެފައި ވެއެވެ.